ކޮވިޑް ޖެހިގެން އަނެއްކާ ވެސް ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން އަނެއްކާ ވެސް ދިވެއްސަކު ނިޔާ ވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެކެވެ.
މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 09:34 ގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 24 ވަނަ މީހާއެވެ.
މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވެފައިވަނީ 19 ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސް މީހެކެވެ.
މާތް ﷲ މަރްޙޫމާގެ ފާފަތައް ފުއްސަވާ ދެއްވާ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން. އަދި މި ހިތްދަތި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون