ޚަބަރު އިޖުތިމާޢީ

ނިވާކަން ކުޑަ ހެދުން އަޅާ، އީދު ކުޅިވަރު ސިޔާސީ ކުރާތީ މިނިސްޓަރު ޔުމްނާގެ ކަންބޮޑުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޢީދު ކުޅިވަރުގައި ވެސް، އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ ކަމަށް މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޔުމްނާ މިހެން ވިދާޅުވީ އީދު ފާހަގަކުރުމަށް ގއ. ވިލިގިލީގައި ބޭއްވި ޝޯއެއްގައި ބުރުގާއަށް ފުރައްސާރަ ކުރެވޭފަދަ ގޮތަކަށް ހެދުން އެޅި މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

"ޢީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫޙު އާލާ ކުރާ ދުވަސްވަރެއް. ޢީދު ކުޅިވަރުގައި ވެސް، އެހެނިހެން ކުޅިވަރުތަކުގައިވެސް ހެދުން އެޅުމުގެ ކޮންމެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ." ޔުމްނާ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ޔުމްނާ ވަނީ އީދު ކުޅިވަރު ސިޔާސީ ކުރުމަކީ ވެސް އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އީދު ފާހަގަ ކުރުމުގެ ގޮތުން މަގުމަތީގައި މާލި ޕެރޭޑު ޒާތުގެ ހަރަކާތެއް ހިންގައިފައެވެ. ނަމަވެސް އެ ޕެރޭޑުން މުޅިން ފެނިގެން ދިޔައީ މިހާރުގެ ސަރުކާރަށް ފާޑު ކިޔުމާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ހިންގާ ބައެއް މަންޒަރުތަކެވެ.

މިދުވަސްވަރަކީ ބޮޑު އީދުގެ ކުޅިވަރުތައް ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ފޯރިއާއެކު ކުރިއަށް ގެންދާ ދުވަސްވަރެއް ކަމުން އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ނުވާ ގޮތަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުންނާއި ދީނީ އިލްމުވެރިން ދަނީ ނަސޭހަތް ތެރިވަމުންނެވެ.

 

Ads by Allied Insurance
  1. ބަރާބަރުބޭބެ

    ހެޔޮނުވާ ނެކަމަނާ އަނގަމަޑުންހެރެބަލަ ފުރަތަމަ ތިމާއާދޭތެރޭވިސްނާލަބަލަ!

  2. ގޮއްޔެ

    ކަމަނާ ތިޔަހުންނެވީ އިސްލާމް ދީނުގަ އޮންނަ ގޮތަށް ނިވާވެގެންތޯ ފުރަތަމަ ތިމާ ނިވާވެފަ އެހެން މީހުނަށް ނަމޫނާ ދައްކާ.ތިމާ ނުކޮށް އަނެކުންނަށް ގޮތް ބުނެދިނީމަ މީހުން ތިބާގެ ބަސް ގަބޫލެއް ނުކުރާނެކަން ދަނެ ބަލަ.

  3. އަލިހޮއްކޮ

    މުސްލިމުން ހެދުން އެޅުމުގައި ހުންނަންޖެހޭނީ ކޮންމެސް ކަހަލަ މިންގަޑެއް ނޫނެވެ. ކަމަނާގެ އާއިލާއަށް ނޭގުނަސް އިސްލާމް ދީނުގައި ހެދުން އަޅަންވީ ގޮތް ވަނީ ސާފުކޮށް ބަޔާން ކޮއްދީފައެވެ. އެނޫން އެއްވެސް ގޮތެއް އިސްލާމީ މުޖްތަމަޢެއްގައި ގަބޫލެއް ނުކުރެވޭނެއެވެ. އެއީ ކަމަނާ ކަމުގައި ވިޔަސްއެވެ.

  4. އައިމިނަ

    ހެދުން އަޅަންވީގޮތް ކިޔައިދޭން ތިޔައީ އެކަށީގެންވާ އާއިލާއެއް ނޫނެވެ. ކޮންމެވެސް އެހެން ބަޔަކު ތިޔަކަމާއި އުޅޭށެވެ.

  5. ނިވަާނުވާަ ބަޔަކަށް ނިވާވުމުގެ މުހިންމުކަމެއް ނޭގޭނެ

  6. ދުރުމި

    ފުރަތަމަ ތިމާ މީނހާ އަމިއްލަޔަށް ވިސްނާލިނަމަ މާ ރީތިވީސް