ޚަބަރު

އިތުރު ދިވެހި ހައްޖުވެރިއަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހައްޖަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވެފައިވަނީ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން 72 ކަމަށެވެ. އަލީ ހަސަން ހައްޖަށް ދިޔައީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

އަލީ ހަސަން ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރާއްޖެ ގަޑިން 6:17 ގައެވެ.

މިއީ ރާއްޖެ އިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ހައްޖުވެރިޔާ މުޙައްމަދު ނަސީމް ޢަލީ އެވެ. ރޭގެ ދަންވަރު 1:55 ހާއިރު އޭނާ ނިޔާވެފައި އޮތްވާ ފެނުނީ ނޫރު ފަރުބަދައާއި ދިމާލުންނެވެ.

މީގެއިތުރުން ހާލު ދެރަވެގެން 85 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި އަންހެނަކަށް އަންނަނީ އައިސީޔޫގައި ވެސް ފަރުވާ ދެމުންނެވެ.

Ads by Allied Insurance
  1. ނާސިޙާ

    އިންނާލިއްލާހި ވަ އިންނާ އިލައިހި ރާޖިޢޫން.

    • ހެޔޮއެދެން

      إناللله وإنا اليه راجعون

      • އީމާން މޫސާ

        إناللله وإنا اليه راجعون

  2. إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین