ދީޕިކާ އާލިއާއަށް ހަދިޔާއެއް ދީފި

އެކްޓަރުންނާއި ބަތަލާއިންގެ މެދުގައި އެކުވެރިކަން އޮންނަ ފަދައިން، ހަސަދަވެރިކަންވެސް އޮވެއެވެ. އެކަކު އަނެކަކާ ދެމެދު އޮންނަ ވާދަވެރިކަމުގެ ތެރެއިން، ބޮޑެތި ކޯޅުންވެސް ހިންގައިލައެވެ. އެއް ތަރިއަކު އަނެއް ތަރިއަކާ ވާހަކަ ނުދައްކާ މީހުންވެސް ބޮލީވުޑްގައި ގިނައެވެ.
ނަމަވެސް އާލިއާ ބަޓް އާއި ދީޕިކާ ޕަޑުކޯން މިވަނީ، ބަތަލާއިންނަށް ވެސް، ރަހްމަތްތެރިކަމުގެ ގާތް ގުޅުން ބޭއްވިދާނެކަން ހާމަކޮށްދީފައެވެ. އާލިއާ އަކީ، ދީޕިކާގެ ކުރީގެ ލޯބިވެރިޔާ، ރަންބީރް ކަޕޫރްގެ ފިރިމީހާވެސް މެއެވެ.
ދާދި ފަހުން ދީޕިކާ މިވަނީ އާލިއާއަށް ހާއްސަ ހަދިޔާއެއްދީ، އެ ދެ ތަރިންގެ މެދުގައި އޮތް އެކުވެރި، ގާތް ގުޅުން ފޭނުންނަށް ހާމަކޮށްދީފައެވެ. ދީޕިކާ ދިން ހަދިޔާގެ ފޮޓޯއެއް، އާލިއާ ވަނީ އިންސްޓެގްރާމްގައި ހިއްސާކޮށް، ދީޕިކާއަށް ޝުކުރުވެސް އަދާކޮށްފައެވެ. ދީޕިކާ އާލިއާއަށް ދިން ހަދިޔާ އަކީ އޭނާގެ ކޮސްމެޓިކް ބްރޭންޑްގެ އުފެއްދުމެކެވެ.
ފިލްމީ މަސައްކަތަށް ބަލާއިރު، އާލިއާ ދެން އެންމެ ބިޒީ ވާނީ، އޭނާގެ ހޮލީވުޑް ފިލްމު، "ހާޓް އޮފް ސްޓޯން"ގެ މަސައްކަތުގައެވެ. ބެލުންތެރިންނަށް ދެން އެންމެ އަވަހަށް ފެންނާނެ އާލިއާގެ މަސައްކަތަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.
ލިޔުންތައް ދޫކޮށްލާއިރު ވީހާވެސް ތެދު މަޢްލޫ މާއި ލިޔުމުގެ ކުއްމަދު ކުރުމަށް ތަކްރާރުކޮށް ކިޔާލުން މުހިންމު ކަމުގައި ދަންނަވަމެވެ.
މިކަމަށް ސަމާލުކަން ނުދިމުންތާ އަންހެނުން ފިރިންނަށް ވެފައި ފިރިހެނުން އަނބިންގެ ގޮތުގައި ލިޔެވޭނީ.