ޚަބަރު ސަރުކާރު

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

Ads by STELCO

މި މަސައްކަތް ފެށުމަށް ގުޅިފަޅުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ނިންމާފައިވަނީ މާލޭގެ ޕޯޓު ނުވަތަ ސަރަހައްދީ ބަނދަރު އެތަނަށް ބަދަލުކުރުމަށެވެ. ދެ ބިލިއަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓަކާއެކު މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކިޔާ ކުންފުންޏަކާއެވެ.

މި ކުންފުންޏަކީ ގުޅިފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކި ކުންފުނިކަން ފާހަގަކޮށްލެވެއެވެ. ބޮސްކާލިސް ކުންފުނިންވަނީ 2019 ވަނަ އަހަރު ގުޅިފަޅުފެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ މަސައްކަތްތަވެސް ކުރިއަށް ގެންގޮސްފައެވެ.

ބޮސްކާލިސް ކުންފުނިން ބުނާގޮތުގައި، އެ ފަޅު ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެފަޅަށް އަޅަންޖެހޭނެއެވެ. އަދި ދެވަނަ ފިޔަވަހީގައި ހިއްކާ ސަރަހައްދު ވަށައިގެން ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ

ގުޅިފަޅު ފިޔަވަހި ދޭއް ނިމުމުން، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ހުރިހާ ޚިދުމަތެއް ގުޅިފަޅަށް ބަދަލުކުރާނެކަމަށް ސަރުކާރުން ބުނާއިރު ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯއްޗާއި ފްލެޓު ދޭން ނިންމާފައިވާކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ. Finding independent escorts in Dubai becomes much easier when using a dedicated escort directory such as https://dubai-escorts.org . The site offers detailed profiles that help users choose companions based on personal preferences and expectations.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!