އިންޑިއާ އައުޓް ހަރަކާތް ޕީޕީއެމްއިން ހުއްޓާލަން ދަ ޑިމޮކްރެޓް އިން އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ, ވަކި ޤައުމަކަށް ނިސްބަތްވާ ގޮތަށް ހަރަކާތްތައް ހިންގާ ޕާޓީއަކާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތެެއް ޕީޕީއެމުން ހިންގާތީ އެކަމާ ކަންބޮޑުވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް ވަރަށް ދަތި ކަމެއް އެއީ އެކަހަލަ ކަމެއް ހިންގާ ޕާޓީއެއް ޕީޕީއެމްއަކީ. އިންޑިއާ އައުޓް ހަރަކާތް. އެހެން ނަމަވެސް އެކަން އެއްކޮށް ހުއްޓާލެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް” ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވީ ރާއްޖެއިން ދޭދޭ ގުޅުން ބާއްވާ ޤައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އެ ޕާޓީގެ ތާއީދެއް ނެތް ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ހިންގާނަމަ އެކުގައި މަސައްކަތް ކުރަން އުދަނގޫވާނެ ކަމަށް ވިދާޅުވިއެވެެ.
ހަސަން ވިދާޅުވީ ހުރިހާ ޕާޓީއަކާ އެކީވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތައް އެއްބާރުލުން ދެއްވުމަށް ޑިމޮކްރެޓްސްއިން އެއްބަސް ނުވާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
އިންޑިޔާއިން އުފައްދާ ދިން ޕާޓީ ދޯ އިންޑިޔާ އައުޓް ގޮވުން ވެސް ހުއްޓާ ލަންވީ ، ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅެނީ! ދައުލަތުގެ މާލިއްޔަތު ލޫޓުވުން މިމީހުންގެ އަސްުލު ޓާގެޓަކީ !