މިއީ ތޫފާނީ އިޝްޤާއި ޕްރޭމް ޕްރޭމްގެ ޢީދެއް
މި އަހަރުގެ ފޯރިގަދަ ބޮޑު ޢީދުގެ މުނާސަބާ ނިމިގެން ދިޔައިރު ގިނަ ރަށްތަކުގައި މިދިޔަ ހަތަރު ދުވަސް ފާހަގަކުރީ ވަރަށް ކުލަގަދަކޮށެވެ. ކޯޑިއާއި، ދަފި ނެގުމުން ގޮސް ބޮޑު މަސް ދުއްވުން ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ގިނަ ރަށްރަށުގެ ކައުންސިލްތަކުން ވަނީ އެކި ކަހަލަ ކުޅިވަރު މުބާރާތްތައްވެސް ބާއްވައިފައެވެ.
މި އަހަރުގެ ޢީދުގައި ގިނަ ރަށްރަށުގައި ސްޓޭޖު ޝޯތައްވެސް ބޭއްވިއެވެ. މި ސްޓޭޖު ޝޯތަކަށް ރާއްޖޭގެ މަޝްހޫރު ޑާންސް ގްރޫޕުތަކާއި މިޔުޒިކް ބޭންޑުތައްވެސް ގެންދިޔައެވެ. މިއަހަރު އެންމެ މަގްބޫލު ޑާންސް ގްރޫޕުތަކުގެ ތެރޭގައި ޖާދު އެންޑް ފްރެންޑްސް، ޔާރާ، ހިޔަލަ، އަދި ގޮމަ ގްރޫޕުގެ އިތުރުން ބިދަބިން ޑާންސް ގްރޫޕު ފާހަގަކޮށްލެވުނެވެ.
މިފަދަ ކޮންމެ ސްޓޭޖު ޝޯއަކާއި ދިމާވާއިރު، އެ އިރެއްގައި އެންމެ މަޝްހޫރު ލަވަތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮވެއެވެ. މިދިޔަ އަހަރުގެ ޢީދު ޝޯތަކުގައި އޮތީ "ދޯ ބޫންދް" އަދި "އަރަބިކް ކުތޫ" އަށް ނެށުމެވެ. ހިންދީ ލަވަތަކުގެ ބަދަލުގައި މި އަހަރު އެންމެ ބޮޑު ތަރުހީބެއް އޮތީ ދިވެހި ދެ ލަވައަކަށެވެ.
އެއް ލަވައަކީ 90 ގެ އަހަރުތަކުގައި ރިލީޒްކުރި "ޕްރޭމް ޕްރޭމް" އެވެ. މި ލަވަ މިފަހުގެ ތާރީޚުގައި މަޝްހޫރުވެގެން ދިޔައީ މަޖަލަކަށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް ހަދައި ދޫކޮށްލުމުންނެވެ. ލަވައިގެ މަޖާ ސްޓެޕްތަކުން ބެލުންތެރިން ހެއްވާލައި މުޅި ރާއްޖޭގައި މިލަވައިން ބޮޑު މަޤުބޫލުކަމެއް ހޯދިއެވެ. މި އަހަރުގެ އީދުގައި ކޮންމެ ސްޓޭޖު ޝޯއެއްގައި ކޮންމެ ޑާންސް ގްރޫޕަކުންވެސް މިލަވައަށް ވަނީ ނަށައިފައެވެ.
ދެވަނަ ލަވައަކީ މަޝްހޫރު ފިލްމީ ތަރި އާޝާ ރިލީޒްކުރި އައިޓަމް ސޯންގް "ތޫފާނީ އިޝްޤް" އެވެ. ކުރީގެ ދިވެހި ލަވަ "ނިޝާނާ" އަސްލަކަށް ބަލައިގެން ހަދާފައިވާ މި ރީމޭކް ވެގެން ދިޔައީ މިއަހަރުގެ އީދާއި ބައްދަލު ކުރިއިރު އެންމެ މަޤްބޫލު އެއް ލަވައަށެވެ. މިއާއިއެކު މިފަހަރުގެ ޢީދުގައި ކޮންމެ ޑާންސް ގްރޫޕަކުންވެސް މިލަވައަށް ނެށިއެވެ. ޢީދު ޝޯތައް ފެށިއިރު "ތޫފާނީ އިޝްޤު" ނޭނގޭ ހަމަ އެކަކުވެސް ނެތެވެ.
ނަރަކައި ގެއަލިފާން ދެކެބިރުނުގަންނާތީ އުޅޭ ވައްތަރު.
وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ
ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.
[ އަލް އިމްރާން 185 ވަނަ އާޔަތް ]