ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ފަށައިފި
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކެމްޕެއިންގެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވާނަމަ އެއީ ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ ރައީސް ޔާމީން މިވަގުތު އޮތް ތަނެއް ބަލާކަށް ނޫން ކަމަށާއި ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތްމަދުވެފައި ކަމަށެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކުންނެވެ. މި ހަރަކާތުގައި ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.
ޢަދުރޭ ރައްޔިތުންނޭ ނުބުނޭ އެއްވެސް ކެންޑިޑޭޓަކަށް އެގޮތަށް ބޭނުން ކުރުން ރަގަޅެއް ނޫން ޔާމީންގެ ސަޕޯޓަރުން އިބޫގެ ސަޕޯޓަރުން މިގޮތަށް ބޭނުން ކުރުން ރަގަޅީ ރައްޔިތު އެންމެންނަކު އެކަކަށް ސަޕޯޓެއް ނުކުރާނެ
ޖަލުގަ އޮތްއިރުވެސް އިތުރުމީހަކަށް ފުރުސަތު ނުދީ ވެރިކަމާހެދި ތެޅޭވަރު ބަލާބަލަ
ޖަލުގަ އޮވެގެން ރިޔާސީ ކެމްޕެއިން ފެއްޓީ ޕާޓީ އަކީ މީނަގެ ތަރިކަ މުދާގަޑެއްތަ
އަހަރުމެން މިވަރަން މަސައްކަތް ކުރާއިރުވެސް އޭނަނޫން މީހަކައްނެތްތަ