ޚަބަރު

އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ކޮންމެ މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައު އާއްމު ހާލަތުގައި ސްކޫލްތަކުގައި ކޮންމެ މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

Ads by MWSC

ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މަދުކޮށް އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު މަދުކޮށްފައިވާ ކަމަށާއި އެގޮތުން ކުރިން މާއްދާއެއް 45 މިނެޓަށް ކިޔަވައިދިން ނަމަވެސް އާދީއްތަ ދުވަހުން ފެށިގެން މާއްދާއެއް ކިޔަވައިދޭނީ 35 މިނެޓަށް ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންގެ ވެސް މަޝްވަރާއާއެކު ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ. މިއާއެކު ކޮންމެ ހަފްތާއަކު ނަގަން ޖެހޭ އަދަދަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ވެސް އިރުޝާދުތަކެއް ދީފައެވެ. އެގޮތުން އަތްދޮވުމާއި އެހެނިހެން ކަންކަމަށް 1 ގަޑިއިރު ލިބޭނެ ގޮތަށް، ސެޝަންތަކުގެ ދިގުމިން ހަތަރު ގަޑިއިރަށްވުރެ ދިގު ނުވާނެހެން ހަމަޖެއްސުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފައެވެ. އަދި މިހާރެކޭ ވެސް އެއްގޮތަށް ސްކޫލުތަކުގައި ނުނެގޭ ގަޑިތައްވެސް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދު ކޮށްފައި ތިން މަހެެއްހާ ދުވަހު ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހުގައެވެ. ނަމަވެސް މާލޭގައި ހަަމައެކަނި ސްކޫލްގައި ކިޔަވައިދިނީ ގްރޭޑް 9 އާއި 10 އަށެވެ. އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން މިމަހުގެ 16 ވަނަ ދުވަހު ނިންމި ކަމުގައިވިޔަސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުން އިތުރު ދެ ހަފްތާއަށް ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. އަދި އޮންލައިންކޮށް ކިޔަވައިދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

Ads by Ooredoo
  1. މީދެންް ކިހާދެރަކަމެއްް…. ކުރާނެެ ކަމެއްް ނޭޏްގެންޔާާ ގޭގަަ ބައިތިއްބަަ ބަލަ