ޚަބަރު

ޕާކިސްތާނުގައި ފެންބޮޑުވެ، 50 މީހުން މަރުވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ހިނގި އެކި ހާދިސާތަކުގައި 50އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

Ads by STELCO

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ މަހުން ފެށިގެން އެ ޤައުމުގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ.

"ޖޫން މަހުގެ 25ގައި ފެށި، މި ވިއްސާރައިގައި މިހައިތަނަށް 59 މީހުން ވަނީ މަރުވެފަ." ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ވިއްސާރަ އާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި، 87 މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ.

މޫސުމީ މި ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސަށެވެ.

 

Ads by Ooredoo
  1. މާތް ﷲ ޕާކިސްތާނުގެ އަހުލުވެރިންނަށް ރައްކާތެރިކަން ދެއްވައި ހާލުގައި ޖެހުނު މީހުނަށް ކެއްތެރިކަން ދެއްވައި، ނިޔާވި މީހުނަށް ސުވަރުގެ މިންވަރުކުރައްވާށި !