އެސްޓީއޯގެ "ރަމަޒާން ބާޒާރު" ގެ ނަސީބުވެރިން ހޮވައިފި
ރޯދަމަހަށް ހާއްސަކޮށް 22 ޖެނުއަރީ އިން ފެށިގެން އޭޕްރިލް މަހުގެ 29ގެ ނިޔަލަށް، އެސްޓީއޯއިން ކުރިޔަށްގެންދިއަ "ރަމަޒާން ބާޒާރު"ގެ ނަސީބުވެރިން ހޮވައިފިއެވެ.
މި އަހަރުގެ ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހަކަށް ލިބޭ އުމްރާ ދަތުރު ލިބިފައިވަނީ އަބްދުއްރަހްމާން އަބްދުލް ގާދިރުއަށެވެ.
ގްރޭންޑު އިނާމުގެ އިތުރުން އިތުރު ތިން ނަސީބވެރިއަކަށްވެސް އަގުހުރި އިނާމުތަކެއް މި ޕްރޮމޯޝަންގައި ދީފައިވެއެވެ. އެ ތިން ކަސްޓަމަރުންނަށް ލިބިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މުދާ ނެންގެވުމަށް ހަތަރުހާސް ރުފިޔާގެ ވޮއުޗަރއެވެ.
Ads by Allied Insurance