ޚަބަރު

ޝާހިދު އިދިކޮޅަށް: ހަރުދަނާ ސިޔާސަތުތަކާއެކު ނުކުންނަވާ, ފިތުނަކޮށްގެން ވާނީ ބޮޑުތަނުން ބަލި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަކީ ފިތުނަ އުފެއްދުން ކަމަށާއި, އެކަން ދިވެހިން ބަލައިނުގަންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝާހިދު މިހެން ވިދާޅުވީ, ރޭ ށ. ފޯކައިދޫގައި އޮތް އެމްޑީޕީގެ ރިޔާސީ ކެންޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ވާހަކަފުޅު ދެއްކެވި ނަމަވެސް, އެއީ ވަކި ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަފުޅެއް ކަމެއް ޝާހިދު ވިދާޅުވެފައެއް ނުވެއެވެެ.

"އަޅުގަނޑުމެންނާ ވާދަކުރައްވަން ޤަސްދު ކުރައްވާ ބޭފުޅުން ނިކުމެ ވަޑައިގެން ދައްކަވާނެ ވާހަކައެއް ނެތިގެން, ބޮލަށް ދަލަނގެއް ލައިގެން, އެއަށް ފިތުނަ ލައިގެން އެ ވިއްކޭތޯ އުޅެނީ." ޝާހިދު ވިދާޅުވީ މިއަދު ދިވެހިން އެކަން ޤަބޫލު ނުކުރާނެ ކަމަށެވެ.

"މިއަދަކު ދިވެހިިންނަށް އެ ފިތުނައެއް ބަލައެއް ނުގަންނާނެ. އަޅުގަނޑުމެންނާ ވާދަކޮށްލަން ބޭނުންފުޅުވާ ކަަމަށް ވަންޏާ, ހަރުދަނާ ސިޔާސަތެއް ހިފައިގެން ނިކުމެ ބައްލަވާ, އެހެންނޫނީ ބޮޑުތަނުން އެ ވަނީ ބަލިވެފައި, މިރެއިން ފަށައިގެން ބޮޑުތަނުން ބަލިވެއްޖެ"

ޝާހިދު އިތުރަށް ވިދާޅުވީ, ރައީސް ޞާލިޙްގެ ޓީމުން ތިބީ އަތާއި އަތް ގުޅާލައިގެން ނިކުމެ, ފިތުނަ އުފައްދާ މީހުން ބަލި ކުރަން ކަމަށެވެ. އަދި މިއަދު ރައީސް ދަތުރު ކުރެއްވި ރަށްރަށުން ފެނިގެން ދިޔަ ތާއީދުން މިކަން ކުރެވޭނެކަން ހާމަވެގެން ދިޔަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!