ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާ އަށް ވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

Ads by Hajj Corporation

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ޝާހިދު ކުރައްވާ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޝާހިދު ނިއު ދިއްލީ އަށް ފުރާވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކޮށް، އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއާ ގުޅޭ އިތުރު އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނެއެވެ.

އަދި އިންޑިއާގެ ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ބާއްވާ ޖަލްސާއެއްގައި ޝާހިދު ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!