ބޮލީވުޑް

ރަންވީރްގެ އުފަންދުވަހު ދީޕިކާ ޕޯސްޓެއް ނުކުރާތީ، އެ ދެމީހުންގެ ގުޅުމާމެދު ސުވާލު އުފައްދައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެކްޓަރު ރަންވީރް ސިންހް އަދި ދީޕިކާ ޕަޑުކޯންގެ ކައިވެނި ރޫޅެން އުޅޭކަމުގެ އަޑުތައް، އަނެއްކާވެސް ގަދަވެފައިވަނިކޮށް، ރަންވީރް ހިއްސާ ކުރި އެ ދެމީހުންގެ ފޮޓޯ އަކާއިއެކުގައި މި ވާހަކަތަކަށް ނިމުން އަތުވެއްޖެއެވެ.

Ads by STELCO

ދީޕިކާ އާއި ރަންވީރް ކައިވެނި ކުރީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ދެމީހުންގެ ޒާތީ ދިރިއުޅުމާ ގުޅޭ މާ ގިނަ ވާހަކަތައް މީގެ ކުރިން ވެސް މީޑިއާ އާއި ހިއްސާ ކޮށްފައި ނުވި ނަމަވެސް، ދީޕިކާ އާއި ރަންވީރްގެ ލޯބި އަބަދުވެސް މީސްމީޑިއާގައި އެ ދެމީހުން އައީ ހާމަ ކުރަމުންނެވެ.

ނަމަވެސް ދެ ތަރިންގެ މެދުގައި މައްސަލަ އުޅޭ ކަމަށް އަޑު ފެތުރިގެން ދިޔައީ ރަންވީރްގެ އުފަން ދުވަހު ދީޕިކާ "ވިޝް" ނުކުރުމުންނެވެ. މިކަމާ ގުޅިގެން އެ ދެމީހުންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭ ކަމަށް އަޑު ފެތުރެން ފެށިއެވެ.

ނަމަވެސް މި އަޑުތައް ކަނޑުވައިލީ ރަންވީރް އާއި ގުޅޭގޮތުން "ވޯގް"ގައި ކޮށްފައިވާ ޕޯސްޓެއް ދީޕިކާގެ އިންސްޓަގްރާާމްގައި ހިއްސާކޮށް "ޝައުޓްއައުޓް"އެއް ދިނުމުންނެވެ.

ނަމަވެސް އަދިވެސް ބައެއް ފަރާާތްތަކުން އަންނަނީ ދީޕިކާ އާއި ރަންވީރާއި ދެމެދު ހަމަ ހަޤީޤަތުގައި ވެސް މައްސަލަ ޖެހުނީތޯ ސުވާލު އުފައްދަމުންނެވެ. އެއީ ކުރިން އެ ދެމީހުން މީީސްމީޑިއާގައި ދައްކަމުން އައި ލޯބި ފަނޑުވެފައިވާ ކަމަށް ބުނެއެވެ.

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!