ޚަބަރު ސިޔާސީ

މަހްފޫމް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ޝަހީމް އެދިވަޑައިގެންފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މަފްހޫމް އޮޅޭ ގޮތަށް ޚަބަރު ނުފެތުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.

Ads by MWSC

ޑރ ޝަހީމް ޕީޕީއެމްއިން ވަކިވެ، އެމްޑީޕީއާއި ގުޅިވަޑައިގަންނަވަނީތޯ ޕީޕީއެމްގެ ސެނެޓަށް ނިސްބަތްވާ މެންބަރު މުޢާޒު ޙަލީމް ސުވާލު ކުރެއްވި ކަމަށް ޚަބަރެއްގައި ޝާއިޢުކޮށްފައިވާތީ، އެ ޚަބަރު ހިއްސާކުރައްވައި ކުރެއްވި ޓުވީޓުގައި ޑރ.ޝަހީމް ވަނީ ހަޤީޤަތާއި ޚިލާފަށް މަފްހޫމް ދޭހަވާ ގޮތަށް ޚަބަރު ނުފެތުރުއްވުމަށް އެދިވަޑައިގެންފައެވެ.

އެފަދަ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ފިތުނަ އުފެދިދާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެ ނޫހުގައި ވާގޮތުން ޑރ ޝަހީމް، ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން ޕީޕީއެމްއަށް ކުރި ޚިދުމަތަށް ދެއްވި އިނާމަށް ޝުކުރު ދަންނަވާފައިވަނީ ޕީޕީއެމްއަށް އަމާޒުކޮށެވެ.

ނަމަވެސް ޑރ ޝަހީމް މިކަމާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެއީ ޕީޕީއެމްއަށް މުޚާތަބުކޮށް ދެންނެވި ވާހަކައެއް ނޫންކަމަށެވެ.

އަދި އެއީ، އެ ސުވާލުކުރި ޕީޕީއެމް ސެނެޓްގެ މެމްބަރަށް ދެންނެވި ވާހަކައެއް ކަމަށެވެ.

 

 

Ads by Allied Insurance
  1. ާއަލިހޮއޮކޮ

    ކިޔޭ ނުކިޔޭ އެއްޗެހި ނޭގޭ މީހުން އެއްޗެއް ނުކިޔާ މަޑުން ތިބުން މާމޮޅެވެ. މަހްފޫމް އޮޅެނީ ތިމާ ކިޔާއެއްޗެއް އެމީހަކާ ދިމާލަށް ކިޔަން ނުކެރޭތީއެވެ. ކުރިޔަށް ޑޮކްޓަރު ކިޔަސް ތިމާގެ ފެންވަރު ކޮންޑަކްޓަރެކޭ އެއްފަދައެވެ.

    • ޙައްގުބަސް

      ކިޔޭ ނުކިޔޭ އިނގޭ ދޯ ނަމުގެ ކުރިއަށް ޑރ ލައިގެން އުޅޭ ފަގުޑި އިޔާޒަށް
      ކިޔޭ ނުކިޔޭ އިނގޭދޯ ފަހަރި އިމްރާނަށް
      ކިޔޭ ނުކިޔޭ އިނގޭދޯ ބޫމް ބޫމް އަލީ ވަހީދަށް