ޚަބަރު ސިޔާސީ

ރައީީސް ޔާމީނަށް ވެސް އިންސާފުވެރި ޝަރީޢަތެއް ލިބެން ޖެހޭ: ޤާސިމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް ޔާމީން އަބްދުލްޤައްޔޫމް ކަމަށްވިޔަސް އަދި ކޮންމެ ދިވެހި ރައްޔިތެއް ކަމަށް ވިއަސް އިންސާފުވެރި ޝަރީޢަތެއް ލިބުމަކީ މިއަދު ޤާނޫނު އަސާސީ އިން ލިބިދޭ އަސާސީ ހައްގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޤާސިމް މިހެން ވިދާޅުވިއިރު ހައި ކޯޓުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން، ވ. އާރަށު މައްސަލައިގައި 11 އަހަރަށް ރައީސް ޔާމީން ޖަލަށްލާން ޙުކުމް ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތެވެ. މި ކަންބޮޑުވުމާއެކު، އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން މިއަދު ހައިކޯޓަށް ވެސް ވަޑައިގެންނެވިއެވެ.

ޤާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

”އެހެން ކަމުން ކޮންމެދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން ޖެހެއެވެ. އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހިރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްްޤެއް ވެސް މެއެވެ “ އޭނާ ވިދާޅުވިއެވެ.

 

‏ޤާސިމް އިތުރަށް ވިދާޅުވީ ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށެވެ.

‏ނަމަވެސް މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި ، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ކަމަށް ޤާސިމް ސުވާލު އުފެއްދެވިއެވެ.

Ads by HDC
  1. ޑަކުޓަރުޖަމިއްޔާ

    ރައީސްކަމަށް ކުރިމަތިލާ މީހުންގެ ބުއްދި ސަލަމަތުން ހުރިތޯ ޓެސްޓު ހަދަންޖެހޭ