ޚަބަރު ސިޔާސީ

ރައީީސް ޞާލިޙު މިހާރު ހުންނެވީ އެކަނިވެފައި: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިހާރު ހުންނެވީ އެކަނި ވެފައި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިފަދައިން ވިދާޅުވީ، ޕީޕީއެމުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މިގޮތުން އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިހާރު ހުންނެވީ އެކަނިވެފައި ކަމަށާއި އެމަނިކުފާނާއެކު ޖޭޕީ އާއި އެމްޑީޕީގެ ބޮޑުބައެއް ވެސް މިއަދު ނެތް ކަމަށެވެ. އަދި ވިސްނޭ ވެރިއަކު ނަމަ މިހާރު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ހުރިހާ ވެރިންނާއެކު މަސައްކަތް ކުރެވޭ ވެރިއެއްކަން އެބަފެނޭ. ޖަލުގައި ހުންނަވައިގެން ވެސް ރާއްޖޭގެ ސިޔާސީ މަސްރަހު، ސިޔާސީ އެޖެންޑާ އެމަނިކުފާނު ސެޓް ކުރައްވާތަން މި ފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވީއިރު، ޕީޕީއެމުން އިއްޔެ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމާއި ބައްދަލު ކުރައްވައިފައެވެ.

އަދި އެހެން ޕާޓީތަކާއެކުގައި ވެސް މަޝްވަރާ ކުރަމުން ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!