Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
އެމެރިކާ

އެމެރިކާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

އެމެރިކާއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު

އެމެރިކާގެ ސްޓޭޓެއްކަމަށްވާ އަލަސްކާގެ ދެކުނުގެ އައްސޭރިފަށަށް 7.2 ބިންހެލުމެއް އައުމާއެކު، ސުނާމީ އެޑްވައިޒަރީ އެއް ނެރެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެމެރިކާގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ (އީޓީ 2:48) އަލަސްކާގެ ސޭންޑް ޕޮއިންޓުން ހުޅަނގު ދެކުނުން ގާތްގަނޑަކަށް 55 މޭލު ބޭރުން، 9.3 ކިލޯމީޓަރު (5.78 މޭލު) އަޑިން ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އެޑްވައިޒަރީއަށް ބަދަލު ގެނައުމުގެ ކުރިން، އުނިމަކް ޕާސްއިން ފެށިގެން ކެނެޑީ އެންޓްރަންސްއާ ހަމައަށް، އެލެއުޓިއަން އައިލެންޑްސް ކައިރީގައި ވާ އަލަސްކާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ދީފައިވެއެވެ. ނަމަވެސް އެމެރިކާ އާއި ކެނެޑާގެ ޕެސިފިކް އެހެން ގޮނޑުދޮށްތަކަށް ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް އެ އެޑްވައިޒަރީން މައުލޫމާތުދެއެވެ.

Advertisement
Ooredoo — Truecaller (box)

މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް އެނގިފައިނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް