ކެމްޕޭނަށް ރައީސް ޞާލިޙް ރަށްރަށަށް އަރަނީ އެސްއޯ ފުލުހުން ފޮނުވައިގެން އެ ރަށުގައި ތިބޭ އިދިކޮޅު އެންމެން ހައްޔަރުކޮށްފައި: ޝިޔާމް

ކެމްޕޭނަށް ރައީސް ޞާލިޙް ރަށްރަށަށް އަރަނީ އެސްއޯ ފުލުހުން ފޮނުވައިގެން އެ ރަށުގައި ތިބޭ އިދިކޮޅު އެންމެން ހައްޔަރުކޮށްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެނިގެން މިދަނީ ރައީސް މީހާ ރަށްރަށަށް އެރުމުގެ ކުރިން އެސްއޯ ފުލުހުން އެރަށަކަށް އަރުވައިގެން، ރަށު އެންމެން ހައްޔަރުކުރާތަންކަމަށާއި އެގޮތުން، ރައީސް ޞާލިޙް މ. ދިއްގަރަށް ވަޑައިގަތް ވަގުތު އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލުމަށް ނިކުތް ރައްޔިތުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ރަށުން ޕީޕީއެމް ދިގުރަށް ދާއިރާގެ ރައީސް އިމްރާނުއާއެކު އިތުރު އެހެން މެމްބަރުންތަކެއްވެސް ހައްޔަރުކޮށްފައިވާކަމަށް މަޢުލޫމާތުލިބޭއިރު، ޝިޔާމްވަނީ ޕީޕީއެމްގެ ބޭފުޅުންތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
ރައީސް ޞާލިޙް ގެންދަވަނީ ކެންޕެއިން ދަތުރުފުޅުތަކުގައި އެކި ރަށްރަށަށް ދަތުރުފުކުރައްވަމުންނެވެ.
މިއީ ހަމރީއްޗައް މޮޔަވެފައި ވާ ގޮލައެއް