ޚަބަރު ސިޔާސީ

ރާއްޖޭގައި ދެން ފަށާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވާވު އަތޮޅުގައި ފަށަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި މިހާތަނަށް ހިންގާ ޓޫރިޒަމްގެ އެންމެ ބޮޑު މަޝްރޫއު ވާވު އަތޮޅުގައި ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މިކަން އިއުލާނުކޮށްފައިވަނީ އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވާވު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކެޔޮދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ޓޫރިޒަމްގެ ބޮޑު އެ މަޝްރޫއު ފެށިގެންދާއިރުގައި ވައިގެ މަގުން މި އަތޮޅާއި ގުޅިގެންދާނެ،" ރައީސް ޞާލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ޕިކްނިކް އައިލެންޑެއްވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ. އަދި  މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށާއި މާދަމާ އޮންނަ އިކޮނޮމިކް ކައުންސިލްގައި ބައެއް ކަންކަން ނިމިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް މަޝްރޫއުގެ ތަފުސީލެއް ރައީސް އެމަނިކުފާނު ނުދެއްވަ އެވެ.

ކެޔޮދޫއަށް މިއަދު ރައީސް ވަޑައިގެންވަނީ އެރަށު ސުކޫލުގެ މަލްޓިޕާރޕަސް ހޯލު ހުޅުވައިދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!