ޚަބަރު

ރައީސް ޞާލިޙު ކަން ކުރަންވާ ގޮތް އަންގަވަނީ އިންޑިއާ ސަފީރު: އަބްދުއްރަޙީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަންކުރައްވާ ގޮތް އަންގަވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު، މުނޫ މަހާވަރު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަބްދުއްރަޙީމް މިއަދު މިހެން ވިދާޅުވީ، އިންޑިއާގެ ސަފީރު އިލެކްޝަންސް ކޮމިޝަން(އީސީ)ގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވުމާއި ގުޅިގެންނެވެ.

"އިންތިޚާބު ކައިރިވެފައި ވަނިކޮށް، އެ ކޮމިޝަނަށް ވަދެ، އެތަނުގެ ރައީީސްއާ އެހެން މެމްބަރުންނާއި ބައްދަލުކޮށް، ފޮޓޯ ނަގާ، މިއީ ކިހާ ބޮޑު މެސެޖެއްތޯ މި ދެނީ! މި ބުނަނީ ކީކޭތޯ؟ ތިމަންނަމެން ބޭނުން ގޮތެއް ހަދާނަމޭ، މިއީ ނޫންތޯ މި ދޭ މެސެޖަކީ؟"

އަބްދުއްރަޙީމް ވިދާޅުވީ ސަރުކާރުން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް، ދިވެހި ރައްޔިތުން ތިބީ ވަރަށް ހޭލާ ކަމަށާއި، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށެވެ.

އީސީން ވިދާޅުވި ގޮތުގައި، އިންޑިއާ ސަފީރާއެކު ބޭއްވެވި ބައްދަލުވުމަކީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުގައި ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އީސީން ވަނީ ރިޔާސީ އިންތިހާބު އޮބްޒާވްކުރަން 15 ގައުމަކަށް ދައުވަތު ފޮނުވައިފައެވެ.

މި އަހަރުގެ އިންތިހާބުގައި 8 ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނެ އވެ. އެއީ މަދުވެގެން 150 މީހުން ވޯޓްލާން ރަޖިސްޓްކުރި ޤައުމުތަކެއްގައެވެ

Ads by HDC
  1. މަތެމަޓިކްސް

    އަދުރޭ ސާ ކަލެއަށް އިރުއިރުކޮޅާ ހުވަފެން ފެންނަނީތަ