ޚަބަރު

ރައީސް ޞާލިޙަށް ޑިމޮކްރެޓްސްއަކީ ޗެލެންޖެއްގެ ގޮތަށް ފެނިވަޑައި ނުގަންނަވާ, ޗެލެންޖަކީ ޕީޕީއެމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކުރީގެރައީސް، ކުރީގެރައީސް މުހައްމަދު ނަޝީދަކީ ޗެލެންޖެއް ނޫންކަމަށާއި ޗެލެންކަޖަށްވާނީ ޕީޕީއެމް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވ އަދި މ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއްވެސް މީހަކު ޕާޓީއާ ދުރުވުމަކީ އޭގެން ނަތީޖާއަށް އަސަރުކުރާނެކަމެއްކަމަށެވެ. އެއީ ޕާޓީއަށް ގެއްލޭނެ ވޯޓެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މަސައްކަތްކުރަމުންދަނީ ގެއްލޭ ވޯޓުތައް އެހެން ގޮތްގޮތުން ހޯދުމަށްކަމަށާއި އެވޯޓުތައް ލިބޭތަންވެސް ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ރައީސް ނަޝީދު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި އައު ޕާޓީއެއް އުފައްދަވައިގެން މަސައްކަތްކުރައްވާއިރު ކުރިޔަށް އޮތް އިންތިޚާބުގައި ނަޝީދު ޗެލެންކަޖަށް ވެދާނެތޯ "ރާއްޖެޓީވީ"ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ނަތީޖާ އޮތީ ފެންނަން ކަމަށެވެ.

ތިބޭފުޅުނަށް ފެނިވަޑައިގަންނަވާނެ ޕާޓީގެ އެތެރޭގެ ނަތީޖާ. އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެޕާޓީއަކަށް ވާނީ އެމްޑީޕީ އާއި ޕީޕީއެމް. އެއަކަށް ތަފާތެއް އައިސް އޮތްތަނެއް ނުފެނޭ. އެހެންވީމާ އޮތް ޗެލެންޖަކީ ޕީޕީއެމް އަދިވެސް

ރައީސް ވިދާޅުވީ ކެމްޕެއިންގެ މަސައްކަތްތައް ދަނީ ރަނގަޅު މިސްރާބަކަށް ކަމަށާއި ކުރިޔާ އަޅާބަލާއިރު މ އަތޮޅުންވެސް ތާއީދު އޮތްތަން ފެނިވަޑައިގެންނެވިކަމަށެވެ.

Ads by HDC
  1. ޑިމޮކްރެޓުސް އަކީ ދައުލަތުން ފައިސާ ހޯދަން އިބޫ ސޯލިހަށް ބިރުދައްކަން ކެނެރީގޭ އާއިލާއިން އުފެއްދި ބައިގަޑެއް، ފައިސާ ކޮޅެއް ދޭއިރަށް ބައިއަތު ހިފާނެ އިބޫ ސޯލިހަށް ، ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން މިއުޅެނީ މުޅިންވެސް !