ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ، ވިނަރެސްއާއި ދިމާލުން ކޮނުމުގެ ތެރޭ ކުންފުނީގެ ކަރަންޓު ކޭބަލަކަށް ގެއްލުން ލިބުމާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެކުންފުނިން ބުނި ގޮތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތައަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައެވެ. އަދި ނުދެވި ހުރި ސަރަހައްދުތަކަށް ކުރިއަށް އޮތް 15 މިނެޓެއްހާއިރު ތެރޭ އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި ކަމަށް ސްޓެލްކޯ އިންބުނެފައިވެއެވެ.
ހުޅުމާލެ އަދި މާލެއިން މިފަދަ ހާދިސާތައް ދިމާވެ ދޭތެރެ ދޭތެރެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑެއެވެ.