މޫސުން ތަންނުދޭތީ އިދިކޮޅުގެ ހިނގާލުން ފަސްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް, ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް, އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހަނދައިދިނުމަށް ގޮވާލާ މިއަދު އިދިކޮޅުން ބާއްވަން ރާވާފައި އޮތް ހިނގާލުން ފަސްކޮށްފިއެވެ.
ޕީޕީއެމްއިން މިއަދު ވިދާޅުވީ "ދިވެހީންގެ ސުލުހަވެރި ހިނގާލުން"ގެ ނަމުގައި ބޭއްވުމަށް ރޭވި ހިނގާލުން ފަސްކޮށްފައިވަނީ މޫސުން ތަންނުދޭތީ ކަމަށެވެ. ނަމަވެސް ހިނގާލުން ދެން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް, މެޓް އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.