ޚަބަރު ސިޔާސީ

ރައީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ކުރިއަށް ގެންދާ ހަރަކާތުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީީސް ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅުން މިހާރު ކުރިއަށްދާ ހަރަކާތުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފިއެވެ.

Ads by MWSC

ރައީީސް ޔާމީން މިނިވަން ކުރަން ގޮވައިލައި ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން މިއަދު ވަނީ ސައިކަލު ބުރެއް ވެސް ބާއްވައިފައެވެ. ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި މި ސައިކަލު ބުރަށް ފަހު، ހަރަކާތުގެ ބައިވެރިން ނުކުތީ މަޖީދީ މަގަށެވެ.

މަޖީދީ މަގުގައި ހިނގާލުން ފަށައިގެން ކުރިއަށް ދަނިކޮށް، އެ މަގާއި ޗާންދަނީ މަގާއި ގުޅޭ ހިސާބުން، ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި "ދެން"ގެ ނޫސްވެރިޔާ ވަނީ މަޢުލޫމާތު ދީފައެވެ.

ފުލުހުން ބައެއް މީހުން ހައްޔަރު ކުރިއިރު، އިޙްތިޖާޖުގެ ތެރެއިން، ބައެއް ބައިވެރިން، މަގުމަތީގައި އިށީނދެ ތިބެ، ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން އަންނަނީ ގޮވައިލަމުންނެވެ.

ވ.އާރަށް މައްސަލައިގައި ރައީީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މަޑު ޖެހިފައިވާއިރު، މިއީ ރައީީސް ޔާމީންގެ އިންތިޚާބީ ޙައްޤަށް އަރައިގަތުންކަން ފާހަގަކޮށް، އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!