އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުން އަންނަ އިހްތިޖާޖުތަކުގައި ޕަބްލިކް ޓްރާންސްޕޯޓަށް ބޭނުން ކުރާ އެމްޓީސީސީގެ ބަސްތަކުގެ ކުރިމައްޗައް އަރައި ބަސްތައް ކުރިއަށް ދިޔަ ނުދީ ހިފެއްހެއްޓުމަކީ މިހާރު ވަރަށް އާއްމު ކަމެއްކަމަށާއި އެހެން ކަންތައް ކުރައްވާ ފަރާތްތައް އިސްލާހުކޮށްދިނުމަށް ފުލުހުންގެ އަރިހުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ.
އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގޮތައް ކަންތައް ކުރުމުން ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިޔުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.
އިތުރު ޓްވީޓެއްގައި އާޒިމް ވަނީ އެއްވެސް ބޭފުޅަކު މިގޮތަށް ކަންތައް ނުކުރެއްވުމަށް އެދޭކަމަށާއި މިއީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްކަމަށް ވިދާޅުވެފައެވެ.
"އެއްވެސް ބޭފުޅަކު ރައްޔިތުންނަށް ދެވޭ ހިދުމަތަށް ދަތިވާ ކަންތައް ނުކުރެއްވުން އެދެން. މީގަ ތިޔަ އުނދަގޫ ކުރައްވާ ބޭފުޅާގެ ގާތްތިމާގެ ރަހުމަތްތެރިއެއް ވެސް އިނދެދާނެ. މީ ރައްޔިތުންނަށް ދެވޭ ހިދުމަތެއް" އާޒިމް ވިދާޅުވިއެވެ
ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އިދިކޮޅު އިޙްތިޖާޖުގެ ބައިވެރިއެއް ބަހުގެ ކުރިމަތީގައި ހުއްޓި ބަސް ކުރިއަށް ދިޔަ ނުދީ ހުންނަ މަންޒަރެވެ. އަދި އިރުކޮޅެއްފަހުން އިޙްތިޖާޖްގެ އިތުރު ބައިވެރިއަކު ގޮސް އެމީހާއާއި ބައިވެރިވެ ބަހުގެ ކުރިމަތީ ހުންނަ މަންޒަރުވެސް މި ވީޑިއޯއިން ދަނީ ފެނިގެންނެވެ.
ތިގޮތަކަންތަ ކުރަންޔާ ސަޕޯޓަރުން ގެއްލޭނެ..
އަމިންލަަ ނަފުސުު އިސްލާބުވާންްވީނުު ލަދެއްވެސްް މިހާރަކުނެއް
ބިޑިއަޅުވާފަ ބަހަށްލައިގެން ގެންދާނީ. އޭރުން ތިކަން ހުއްޓިދާނެ.