ޚަބަރު ސިޔާސީ

ކެންޑިޑެސީ ފޯމުގައި ރައީސް ޔާމީން ސޮއިކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް`

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާ ކެންޑިޑެސީ ފޯމުގައި ސޮއިކުރައްވައިފިއެވެ.

Ads by MWSC

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވާ ކަރެކްޝަންސް މެދުވެރިކޮށް އެ ލިޔުންތައް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ.

އެކަމާއި ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހަނިކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ައަބްދޫ

    ބޭކާރުކަމެއް . ބަންދުގާ ހުރެގެން އިންތިހާބުގަ ވާދަ ނުކުރެވޭނެ.

  2. ރައީސުކަމަށް ހުރިހާ ރައްޔިތުންނަށް ވެސް ކުރިމަތި ލެވޭނެ !