ލައިފްސްޓައިލް

ގަރުދިޔަ ކައްކަން ކެނޑި މަހެއްގެ ބަނޑުގައި ވެފާ ޗޮކުލެޓާއި އެޕޯލޯ ކޭކު ކަރުދާސް؟!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަނޑުން ބޭނި މަހެއްގެ ބަނޑުން އެޕޯލޯ އާއި ކޭކު ހުސްކުރި ކަރުދާސްތަކެއް ފެނިއްޖެކަމަށް ބުނެ މީސްމީޑިއާގައި ފޮޓޯއެއް އާއްމުވެއްޖެއެވެ.

Ads by MWSC

އިބްރާހިމް ޝަނީޒް ނަމަކަށް ކިޔާ މީހަކު ޓްވިޓާގައި އާއްމުކުރި އެފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އެއީ ފޮޓޯނަގަން ކުޅެފައިވާ މަންޒަރެއް ނޫން ކަމަށާއި އެއީ މިއަދު އަންހެނަކު މެންދުރަށް ގަރުދިޔަ ކައްކަން ކަނޑާލި މަހެއް ކަމަށެވެ.

"މުޅި ނޫނު (ނ) އަތޮޅަށް ރެހިއަރާ، މަސްވެރިކަން އިންތިހާއަށް ތިޔާގިވެފައި ވަނިކޮން، މި ސޮރުމެންނަށް ވެފާ ޗޮކުލެޓު އާއި އެޕޯލޯ ކޭކު ކަރުދާސް ކެވޭނީ ލައްކަ އޮތީމަ." ޝަނީޒް ބުނެފައިވެއެވެ.

މޫދަށް ޕްލާސްޓިކު ފަދަ ކުނި އެޅުން ހުއްޓާލުމަށް ސަރުކާރާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ އެކިއެކި ޖަމިއްޔާތަކުން ވެސް ގޮވާލަމުން އައި ކަމުގައިވިޔަސް، މިކަމަކީ އަދިވެސް އަހަރުމެންގެ ތެރެއިން ބައެއް މީހުން ކުރަމުން އަންނަ ވަރަށް ނޭދެވޭ ޢަމަލެކެވެ.

ކަނޑަށް ނުވަތަ މޫދަށް މިފަދައިން ޕްލާސްޓިކުފަދަ ތަކެތި އުކާލުމުން، ކަނޑުގައި ދިރިއުޅޭ މަސްމަހާއިމެހި އެތަކެތި ކައި ހަދައެވެ. އަދި އޭގެ ސަބަބުން މަސްތައް ވިހަވެ، މަރުވެގެންދެއެވެ. މޫދަށް ކުންޏާއި ޕްލާސްޓިކު ނޭޅުމަކީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން އެންމެން ވެސް މިކަމަށް ޚާއްސަ އަޙައްމިއްޔަތެއް ދިނުން މުހިންމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!