އިޖުތިމާޢީ

އޭޓީއެމް ކައިރީގައި އުކައިލައިފައި ހުރި ކަރުދާސްތައް ސާފު ކުރީ ކުޑަކުދިން: ގިނަބައެއްގެ ތަޢުރީފް!

ރައުފާ ރަޝީދު ، ދެން އޮންލައިން

އޭޓީއެމްގެ ހިދުމަތަކީ މިހާރު އެންމެން ވެސް ބޭނުން ކުރާނެ ހިދުމަތެއްކަން ޔަގީނެވެ. ކޮންމެ ދުވަހަކު އެތައް ބައެއް ޚިދުމަތް ލިބިގަތުމަށް ވަންނަ ތަނަކަށް ހަމަ ޔަގީނުން ވެސް އޭޓީއެމް ވާނެއެވެ. ތިޔަ ފެންނަ ފޮޓޯތަކަކީ އިއްޔެ މީސް މީޑިއާގައި ވައިރަލްވެގެން ގޮސްފައިވާ ވީޑިއޯއެއްގެ ސްކްރީން ޝޮޓެކެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ތުއްތު ކުދިންތަކެއް އޭޓީއެމް ކައިރީގައި އެކި މީހުން އުކައިފައި ހުރި ރަސީދު ކަރުދާސްތައް ހޮވައިގެން ގޮސް ޑަސްބިނަށް އަޅާ މަންޒަރު ފެނެއެވެ. މިކަމުން އަޅުގަނޑުމެން އިބުރަތް ހާސިލް ކުރަން ޖެހެއެވެ. 

Ads by Hajj Corporation

އަޅުގަނޑުމެން ގިނަ ދިވެހިންނަށް ނުކުރެވޭ ކަމަކީ އޭޓީއެމްއެއްގެ ކައިރީގައި ރަސީދުތައް އެޅުމަށް ބަހައްޓައިފައި ހުންނަ ޑަސްބިނަށް އެ ކުޑަ ކަރުދާސްކޮޅު ވައްޓައިލުމެވެ. ފައިސާ ނެގުމަށް ނޫނީ އެކައުންޓު ބެލެންސް ބެލުމަށް އޭޓީއެމް ބޭނުންކުރުމަށް ފަހު އަތަށް ލިބޭ ކުޑަ ކަރުދާސްކޮޅު ވަށިގަނޑަށް ވައްޓައިލާނެ ވަގުތެއް ވެސް ނެތީތާއެވެ. މިއީ ރީތި އާދައެއް ވެސް ނޫނެވެ. ޒިންމާދާރު ކަމެއް ވެސް ނޫނެވެ. މިއީ ނާތަހުޒީބީ އަމަލެކެވެ. 

މިއީ މިކިޔާ ފަރުދީ ޒިންމާގެ ވާހަކައެވެ. އަޅުގަނޑުމެންގެ ހޭލުންތެރިކަން ހުރި ދަރަޖަ މިނެ ކިރާލެވެނީ މިފަދަ ކުދިކުދި ކަންކަމުންނެވެ. އެންމެ ހައެއްކަ އަހަރުގެ ކުޑަ ކުދިންތަކަކަށް ކުނި އެޅުމުން އެއީ ހަޑިކަމެއް ކަމަށް އިހްސާސް ކުރެވޭއިރު އަޅުގަނޑުމެންނަށް މިކަން ނުވިސްނެނީ ކީއްވެބާއެވެ. 

ފަތުރުވެރިކަމަށް ދުނިޔޭގެ އެންމެ މަގުބޫލު އެއް ގައުމަށް ރާއްޖެ ވާއިރު މިފަދަ މަންޒަރުތަކުން ހަޑިވަނީ ހަމަ އަޅުގަނޑުމެންގެ ގައުމެވެ. މިފަދަ މަންޒަރުތަކުން އަޅުގަނޑުމެންނަށް ލިބޭނީ ހުތުރު ނަމެވެ. ތިމާވެއްޓަށް ހޭލުންތެރިި ބައެއްގެ ގޮތުގައި ނުވަތަ ތިމާވެއްޓަށް ސަމާލުކަން ދޭ ބައެއްގެ ގޮތުގައި ފަތުރުވެރިންނަށް މި ގައުމު ސިފަވާއިރު އަޅުގަނޑުމެންގެ ހޭލުންތެރިކަން ހުރި ދަރަޖަ މިނެ ކިރައިލެވޭނީ މިފަދަ ފޮޓޯތަކުންނެވެ. ހަމަ ބުއްދި ހުރި ބޮޑެތި މީހުން މިކަމަށް ފަރުވާ ނުބަހައްޓަނީ ކީއްވެތޯއެވެ. 

Ads by HDC
  1. ށަވިޔަނި

    އެފެންނަނީ ކަންނެތްކަން މީހެއްގެގެޔަކަށް ގޮސްލާފަ ނިކުމެގެންއަންނައިރު އެގޭ ދޮރާށި ދޮރުނުލައްޕާ އަންނައިރު އެއީ ނޭނގިގެގެންތަ.