ޚަބަރު

ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް: ނާޒިމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ވިސްނުން ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނާޒިމް ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ވެސް އެޕާޓީގެ ފަލްސަފާތަކެއްވާ ކަމަށެވެ. އަދި އެ ފަލްސަފާތައް ދޫކޮށްފައި އެއްވެސް ބައެއްގެ ފަހަތައް އަރާކަށް ޕާޓީތަކުން ބޭނުން ނުވާ ކަމަށާއި ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ވެސް އެއްބަސް ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި މިވަގުތުގެ ހާލަތަށް ބަލާއިރު، ޕީޕީއެމްއާއެކު ކޯލިޝަނަކަށް ދެވިދާނެ ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު މިހަތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!