ދުނިޔެ

ކަރަންޓު ނަރެއް ވެއްޓި ޕްލާސްޓިކު އުފައްދާ ފެކްޓަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަރަންޓު ނަރެއް ވެއްޓިގެން ޓެކްސަސްގައި ހުރި ޕްލާސްޓިކު އުފައްދާ ފެކްޓަރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާ ގޮތުގައި އެފެކްޓަރީއަކީ ކުނިއަޅަން ގެންގުޅޭ ޕްލާސްޓިކު ކޮތަޅާއި އެނޫންވެސް ޕްލާސްޓިކު ތަކެތި އުފައްދާ ފެކްޓަރީއެކެވެ.

ރޭ ދަންވަރު ގްރޭންޑް ޕްރެއިރީގެ ޕޮލީ- އެމެރިކާ ކޮމްޕްލެކްސް ގައި ހިނގި މިއަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ނަމަވެސް އެއީ ޕްލާސްޓިކް އުފައްދާ އިމާރާތަކަށް ވުމުން، ރޯވި އަލިފާންގަނޑުގެ ސަބަބުން އެސަރަޙައްދުގެ ވައި ނުސާފުވެ، ހަށިގަނޑަށް ގެއްލުން ވެދާނެ ކަމަށް ފަޔަރ ފައިޓަރުން ވަނީ ބުނެފައެވެ.

ރޯވި އަލިފާންގަނޑުގެ ސަބަބުން އެސަރަޙައްދުން މީހުން ހުސް ކޮށްފައެއް ނުވެއެވެ. ނަމަވެސް ސިއްޙީ ގޮތުން ބަލި ހާލަތު ދެރަ މީހުން އެސަރަޙައްދަށް ނުދިޔުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ނަސޭޙަތްތެރިވެފައެވެ.

މިއަލިފާންގަނޑު އެއްކޮށް ނިއްވާލެވޭނީ މާދަމާގެ ވަގުތެއްގައި ކަމަށް ގްރޭންޑް ޕްރެއިރީގެ އެސިސްޓަންޓް ޗީފް ބިލް މާރފީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނުފައިވެއެވެ.

ޓެކްސަސް ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ މަހު ފަހުކޮޅު ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވާ، އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި އެތައް ބަޔަކުވަނީ މަރުވެގެން ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!