Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް އެމްއާރުއެމްއިން ނިންމި ނިންމުމަކީ އެމްޑީޕީއަށް އޮތް ގޮންޖެހުމެއްނޫން: އިބްރޭ

އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަށް އެމްއާރުއެމްއިން ނިންމި ނިންމުމަކީ އެމްޑީޕީއަށް އޮތް ގޮންޖެހުމެއްނޫން: އިބްރޭ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު ކޯލިޝަން ނުހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރްއެމް) އިން ނިންމި ނިންމުމަކީ، އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކުރަން އޮތް ގޮންޖެހުމެއްނޫންކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ދައުުރުގައި އެމްޑީޕީ އިސްވެ އޮވެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް ހިމެނޭ ގޮތަށް ހެދި ކޯލިޝަނުގައި މި ސަރުކާރަށް ކާމިޔާބު ލިބިފައިވާއިރު، އިތުރު ދައުރަކަށް އެމްޑީޕީއާއެކު މަސައްކަތްކުރުމަށް އެމްއާރުއެމަށް ވެސް އޮތީ ދައުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ މި ދައުވަތާ ގުޅިގެން އެމްއާރުއެމް އާއި އެމްޑީޕީގެ ދެ ބައްދަލުވުމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ދެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ފަހު ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގަތް އިރު އެ ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމް ބަދަލުނުކުރާނެ ކަމުގެ ޔަގީންކަމަށް އެދި އެމްއާރުއެމްގެ ގިނަ ހުށަހެޅުންތަކެއް އެމްޑީޕީ އަށް ވަނީ ހުށަހަޅާފައެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުނުކުރާނެ ކަމާއި ކޯލިޝަން ދަމަހައްޓައިގެން ކުރިއަށް ދެވޭނެ ކަމުގެ ޔަގީން ކަމަށް އެމްއާރުމުން އެދުނެވެ.

އެ ހުށަހެޅުންތަކާއިމެދު ވަކި ގޮތެއް ނުނިމެނީސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން އެމްއާރުއެމުން ވަނީ ނިންމައިފަ އެވެ. އަދި އެ ޕާޓީގެ ފަރާތުން ޕާޓީގެ ރައީސް ފާރިސް މައުމޫން އިންތިހާބުގައި އެމްއާރުއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ވަނީ ނިންމާފައެވެ. އެމްއާރްއެމްއިންވަނީ އިއްޔެ ޖުމްހޫރީ ޕާޓީއާ އެކުވެސް ބައްދަލުވުމެއް ބާއްވައިފަ އެވެ.

Advertisement
Ooredoo — Truecaller (box)

އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތަތަކަށް އެމްއާރްއެމްއަށް އެއްބަސްވެވެން ނެތުމުން، އެމްޑީޕީއާ އެކު ކޯލިޝަން ނުހަދަން ނިންމާފައިވާކަމަށް އެމްއާރްއެމްއިންވަނީ އިއުލާންކޮށްފަ އެވެ. މި ނިންމުމަކީ އެމްޑީޕީއަށް އޮތް ހުރަހެއް ނޫން ކަމަށް އިބްރޭ ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދިޔުމަކީ ރައްޔިތުންގެ ސިޔާސަތުތައް ކަމުނުދިޔުންކަމަށް ފާހަގަކުރައްވަމުން އިބްރޭ ވިދާޅުވީ އެ ސިޔާސަތުތަކަކީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ތަންފީޒުކުރާ ސިޔާސަތުތަކެއް ކަމަށާއި ކުރިއަށް އޮތް ދައުރަށް ވެސް އެމްޑީޕީން ސިޔާސަތުތައް އެކުލަވާލަމުން އަންނަނީ ރައްޔިތުން ގާތުން އަހައި އޮޅުންފިލުވައިގެން ރައްޔިތުން ބޭނުންވާ ހުށަހެޅުންތަކެއްގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީގެ އަމާޒަކީ ދެ ވަނަ ދައުރެއް ކަށަވަރުކުރުން ކަމަށާއި ރައީސް ޞާލިޙަށް ބޮޑު އަޤުލަބިއްޔަތަކުން މި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އޮތް ކަމަށް އިބުރޭ ވިދާޅުވި އެވެ.

އެމްއާރުއެމް އަކީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އޮތީ އެ ޕާޓީ އުވާލަން ނިންމައިފައިވާ ޕާޓީއެކެވެ. ނަމަވެސް އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން އީސީގެ ނިންމުމަށް އަމަލުނުކުރަން އޮތީ އަމުރެއް ނެރެފަ އެވެ.

މިދިޔަ ދައުރުގައި އެމްޑީޕީ ކޯލިޝަނުގައި ހިމެނުނު ޖޭޕީއާއި އެމްއާރްއެމުން މި ދައުރުގައި ވަކިން ވާދަކުރަން ނިންމާފައިވާއިރު އެމްޑީޕީއާއެކު މަސައްކަތްކުރަން އެ ކޯލިޝަނުގެ ތެރެއިން ނިންމާފައިވަނީ އަދާލަތު ޕާޓީ އެކަންޏެވެ. އަދި އެމްޑީޕީ ކޯލިޝަންއާ އިތުރަށް ގުޅުނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް