ޚަބަރު

ކޮވިޑަށް ފައްސިވި 85 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު ހަދައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 85 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ދާން ދެކޮޅު ހަދަމުންދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ) އިން ބުނެފި އެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވެފައިވާ 359 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 85 މީހުން ނުގެންދެވި ތިބީ ފެސިލިޓީތަކަށް ދާން ދެކޮޅު ހަދާތީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އޭގެ އިތުރު 15 މީހަކު ފެސިލިޓީތަކަށް ނުގެންދެވި ތިބީ އާއިލާ މީހުންގެ ނަތީޖާ ލިބުމުގެ ކުރިން ފެސިލިޓީތަކަށް ދާން އެމީހުން ދެކޮޅު ހަދާތީއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ މަސައްކަތް ކުރި ގޮތުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ 22 މީހުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓްރޫ ޕެންޑިއެއްގައި ހަގީގަތުގައި މި ތިބީ 22 މީހުން،" އަފްޒަލް ވިދާޅުވިއެވެ.

މިހާތަނަށް 14 މީހަކާއި ނުގުޅިގެން އެ މީހުންވެސް ފެސިލިޓީތަކަށް ގެންދެވިފައިނުވާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!