ޚަބަރު ސިޔާސީ

ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

މާލެ ސަރަހައްދުގައި މިވަގުތު ވަރުގަދަ ރޯގާއެއް ފެތުރެމުން ދާތީ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

Ads by STELCO

އާދަޔާ ހިލާފު ބާރުމިނެއްގައި ކުޑަކުދިންގެ މެދުގައި ފެތުރެމުންދާ ރޯގާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ އިިދކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ރޯގާ ފެތުރެމުންދާއިރު ކުޑަކުދިން އާންމުކޮށް އެއްވާ ޒާތުގައި ކަންތައްތައް ކުރަމުން ގެންދިޔުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަކޮށް ކުރަމުންދާ ކަމެއް ކަމަށެވެ.

"މިނިވަން ދުވަހުގެ ކުޅިވަރުތަކާއި ފްލޯޓަށް ތައްޔާރުވެފައިވީ ނަމަވެސް ފެތުރެމުންދާ ރޯގާއަށް ލުޔެއް ލިބެންދެން ދުވަސްކޮޅަކަށް މަޑުކޮށްލުމަކީ ދިވެހި ރައްޔިތުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމުގައި ދެންނެވިން" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފެތުރެމުންދާ ހޮޑުގެ ރޯގާއަށް ހާއްސަ ސަމާޅުކަމެއް ދިނުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށާއި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ކުއްލިއަކަށް ރެއިން ފެށިގެން މާލެ ސަރަޙައްސުގައި ފެތުރެން ފެށި ރޮގާ އާއި ގުޅޭގޮތުން އެޗްޕީއޭ އިން ވިދާޅުވީ، ރެއިން ފެށިގެން މާލެއިން ކުއްލިއަކަށް ގިނަ ބަޔަކު ބޭރަށް ހިނގުމާއި، ހޮޑުލުން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މި ބަލި ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

Ads by HDC
  1. އަލާލުނީ

    ކަލޭމެން ގޮވިޔަސް ނުގޮވިޔަސް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް އަބަދުވެސް މި ސަރުކާރުން ދަނީ އަޅަމުން. އިދިކޮޅޮވެގެން ހަޅޭ ނުލަވާ މަޑުން ތިބެވޭތޯ ބަލާ. ސަލާމް އަންހެން ފިޔާތޮށި ޕާޓީއަށް.

  2. ލަދު

    ކަލޭމެނ ކުޑަކުދިންނ ނުކިޔ. 27ވަނ ދުވަހުގެރޭވެސ ކަލޭމެނ ގޮވިއެއްޗެހ އާޓިފިޝަލ ބީޗ ސަރަހައްދުގައ ތިބ ކުޑަކުދިންނަށ ބެލުމެއްނެތ ލަދެއ ހަޔާތެއްނެ. ދެނ ކޮނ ކުޑަކުދިންނެކ ކިޔާކަށ. ކަލޭމެނ މުޅ ގައުމ ހަލާކުކުރަނ.