ލައިފްސްޓައިލް

މަރުވި ވެރިމީހާގެ ކާޑު ވަގަށް ނަގައިގެން އިންޑިއާ އަންހެނަކު 35 ލައްކަ ރުޕީސް ނަގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާ އަންހެނަކު، އޭނާގެ ވެރިމީހާ މަރުވުމުން އެމީހާގެ ކޭޝް ކާޑު ވަގަށް ނަގައިގެން 35 ލައްކަ ރުޕީސް ވަގަށް ނަގައިފިއެވެ.

Ads by STELCO

ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި މަރުވި ފިރިހެންމީހާގެ ގޭގައި އެއަންހެން މީހާ މަސައްކަތް ކުރާތާ ހަތް އަހަރު ވެއްޖެއެވެ.

އުމުރުން ދުވަސްވީ ފިރިހެންމީހާ މަރުވީ ކޮވިޑާއި ގުޅިގެން އިންޑިއާ ފުރަބަންދު ކުރި ފުރަތަމަ ހަފްތާގައެވެ.

ރީތާ ރޯއީ ނަމަކަށް ކިޔާ އެއަންހެން މީހާއަކީ ނަކަޝިޕާރާއަށް ނިސްބަތްވާ މީހެކެވެ. މިވައްކަން ކުރުމުގައި އޭނާއަށް އެހީތެރިވީ އޭނާގެ ދަނބިދަރި ރަންޖިތު މުލިކް އާއި ޅިޔަނު ސުމިތު ސަރްކާރް އެވެ. މިތިން މީހުން ވެގެން ޖުމްލަ 34،90،000 ރުޕީސް އެމީހާގެ ކާޑު ބޭނުން ކޮށްގެން ނަގާފައިވެއެވެ.

ސަތުޔަނާރާޔަން ނަމަކަށް ކިޔާ އެފިރިހެން މީހާގެ އެކައުންޓުން ފައިސާ ނަގަމުންދާ ކަމެއް އެއާއިލާގެ އެއްވެސް މީހަކަށް ކުރިން އެނގިފައެއް ނުވެއެވެ.

ރީތާއަށް އެކާޑުގެ ޕިން އެނގުނީ ސަތުޔަނާރާޔަން ގެ ފޯނުން ކަމަށް ބުނެފައިވެއެވެ. އެކައުންޓުން ފައިސާ މަދުވަމުން އަންނަކަން ހާމަވީ ސަތުރަނާރާޔަން ގެ ދަރި އަނޫރާގް ބެންކަށް ގޮސް އޭނަަގެ ބައްޕަގެ އެކައުންޓުގެ ތަފްސީލުތައް ހޯދުމުންނެވެ.

ޓްރާންސެކްޝަންތަކާއި ސީސީޓީވީ ފުޓެޖްގެ އެހީގައި ފުލުހުން ވަނީ އޭޓީއެމުން ފައިސާ ނެގިމީ ހުން ހޯދާފައެވެ.

މިމައްސަލައިގައި މުލިކް އާއި ސަރްކާރް ހައްޔަރު ކޮށްފައިވަނީ އޮގަސްޓު 13 ގައެވެ. ތަހުގީގުގައި އެމީހުން ވަނީ އެކަން ކުރީ ރީތާ ކަމަށް ބުނެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!