ދުނިޔެ

ކޮވިޑް ޖެހިގެން ކޯމާގައި އޮތް މީހަކު ވިހައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮލަމްބިއާގައި ކޮވިޑް-19 ޖެހިގެން ހާލު ދެރަވެ، ކޯމާގައި އޮތް މާ ބަނޑު އަންހެނަކު ވިހައިފިއެވެ.

Ads by WAMCO

އުމުރުން 36 އަހަރުގެ ޑިއާނާ އެންގޯލާ ވަނީ ކޮވިޑް ޖެހިގެން ފުއްޕާމޭ މަސައްކަތް ނުކޮށްގެން ކޯމާ އަކަށް ގޮސްފައެވެ.

ޑިއާނާގެ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުން އޭނާގެ ދަރިފުޅު ޖެފަސަން ނަގާފައި ވަނީ ސިޒޭރިއަން ހަދައިގެންނެވެ. ޖެފަރަސަން، ޑިއާނާގެ ބަނޑުން ނަގާފައި ވަނީ ދުވަސް ނުފުރާ 14 ހަފްތާ ކުރިންނެވެ.

ޑިއާނާގެ އަށް ފަރުވާކުރި ޑޮކްޓަރެއް ކަމަށްވާ ޕައުލާ ވެލަސްކޭޒް ބުނީ ޑިއާނާ ފަދަ ހާލު ސީރިއަސް ކޭސްތަކުގައި މީގެ ކުރިން މަދުން ނަމަވެސް މައިމީހާ ސަލާމަތްވެފައިވާ ކަމަށެވެ.

ޑިއަނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ގަދައަށް ހުން އައިސްގެންނެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ވަނީ ކޯމާއަކަށް ލައިފައެވެ.

ޖެފަސަން ދުވަސް ނުފުރާ ވިހެއި ނަމަވެސް އެނާ އަށް ކޮވިޑް ޖެހިފައެއް ނުވެއެވެ. ޑޮކްޓަރުން ބުނީ ޖެފަސަން ވިހޭއިރު ނޭވާލާން އުނދަގޫވި ކަމަށާއި އިންކިއުބޭޓަރަށް ލައިގެން އޭނާ ހާލު މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކޮވިޑުން ސަލާމަތްވެ ޑިއާނާ މިހާރު އިންތިޒާރު ކުރަނީ ދަރުފުޅާއެކު ގެއަށް ދެވޭނެ ދުވަހަކަށެވެ.

Ads by Allied Insurance
  1. ވާނުވާ

    ވިހެއީތަ ނޫނީ ފަޅާފަ ނެގީތަ މި ލިޔާމީހުންވެސް ވެއްޖެ ތަންކޮޅެއް އިނގިގެން މިކަން ކުރަން ސުރުހީ އާއި ލިޔުމަކާ ވާ ބެހޭކަމެއްވެސް ނޫން ސާބަސް ސާބަސް

  2. ފޫހި

    ސާބަސް ސާބަސް