ވިޔަފާރި

ދެވަނަ ކުއާޓާގައި އެސްޓީއަށް ފައިދާގެ ގޮތުގައި 303 މިލިޔަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެސްޓީއޯގެ އިމާރާތް. ދެން ފައިލް ފޮޓޯ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް 303 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by Sosun Fihaara

އެސްޓީއޯ އިން ބުނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެ އަދަދަކީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 14 ޕަސެންޓު ދަށްވުމެއް ކަމަށެވެ.

އެ ކުންފުނީގެ އާމްދަނީ މި ކުއާޓާގައި ދަށަށް ގޮސްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާރުގައި ވަނީ 804 މިލިއަން ރުފިޔާ ލިބިފައެވ.ެ މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު އެއް ޕަސެންޓުގެ ދަށްވުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 428 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާ ބަލާއިރު 15 ޕަސެންޓުގެ ދައްވުމެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ. ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާރުގެ ސާފު ފައިދާއަކީ 373 މިލިއަން ރުފިޔާއެވެ.

ދެވަނަ ކުއާޓަރުގައި އޭގެ ކުރީ ކުއާޓާރާއި އަޅާބަލައި ފައިދާ ދަށްވި ކަމުގައިވިޔަސް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާއި އަޅާބަލާއިރު 366 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!