ރައީސް ޔާމީންގެ ކެނޑިޑެސީއާމެދު މިއަދު 6ގެ ކުރިން ގޮތެއް ނިންމަނީ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައިގަންނާނެކަން ނުވަތަ ނޫންކަން، މިއަދު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އަންގަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު، މިއަދު ވަނީ އީސީއަށް ހުށަހަޅުއްވައިފައެވެ.
މި ފޯމު އީސީއަށް ހުށަހެޅުއްވުމަށް އެ ޕާޓީ އާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސެނެޓު މެމްބަރުން އީސީއަށް ވަޑައިގެންނެވިއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު، އީސީގެ ރައީސް ފުއާދު ތައުފީޤާއި ޙަވާލު ކުރެއްވީ، ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް، މުޙައްމަދު ތަލާލްއެވެ.
(ތަފްސީލު އަންނަނީ...)