ޚަބަރު

ކެނޑިޑެސީ މައްސަލައިގައި އިލެކްޝަން ކޮމިޝަނާއެކު ދެން މަޝްވަރާއެއް ނުކުރާނަން: ޕީޕީއެމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕީއެމްގެ ކެނޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ކެނޑިޑެސީ މައްސަލައިގައި އިލެކްޝަން ކޮމިޝަނާއެކު ދެން މަޝްވަރާއެއް ނުކުރާނަން ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Hajj Corporation

މިއަދު ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު, ފޯމް ބަލައިގަނެވެން ނެތް ކަމަށް މިއަދު ހަވީރު އެ ކޮމިޝަނުން ވަނީ ޕީޕީއެމްއަށް އަންގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އެމައްސަލަ ޕީޕީއެމް އިން ދަނީ އިލެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓް, މުޙައްމަދު ތޮލާލް ވިދާޅުވީ, ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތް ލިޔުން ބަދަލުކޮށްފައި, ލިޔުމާ ހަވާލުވާން އަލުން އިލެކްޝަނުން އެންގި ކަމަށެވެ. ނަމަވެސް ކެނޑިޑެސީ ޤަބޫލު ނުކުރާކަން އެންގި ލިޔުން ލިބިފައި އޮތުމުން އިތުރު ލިޔުމެއް ފޮނުވަން ޖެހޭ ކަމަށް ޤަބޫލު ނުކުރާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން, ކެނޑިޑެސީ މައްސަލައިގައި އިލެކްޝަން ކޮމިޝަނާއެކު ދެން މަޝްވަރާއެއް ނުކުރާނެ ކަމަށާއި, ދެން މަޝްވަރާ ކުރާނީ ސްޕްރީމް ކޯޓާ ކަމަށް ވެސް އިލެކްޝަންސްގައި ދެންނެވި ކަމަށް ތޮލާލް ވިދާޅުވިއެވެ.

އިލެކްޝަނުން ވިދާޅުވެފައިވަނީ, ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް ބަލައިނުގަތީ, ރައީސް ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާނީ, ކެނޑިޑޭޓެއްގެ ޝަރުތު ހަމަނުވާތީ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!