ޚަބަރު

ކުކުޅު ފިހާރައިން ބޮޑު ޕްރޮމޯޝަނެއް ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ކޮންމެ ހަފުތާއަކު "ފްރޯޒަން ޕެކް" އެއް ލިބޭ ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

Ads by MWSC

މި ޕްރޮމޯޝަން އަކީ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު 20 ގެ ނިޔަލަށް ފޭސްބުކްގައި އެ ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނެކެވެ. އެގޮތުން ކުކުޅު ފިހާރައިގެ ފޭސްބުކު ޕޭޖުގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޖުމްލަ ދެ މަސް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ހަފްތާގެ ނަސީބުވެރިޔާ އިއުލާން ކުރާނީ ކޮންމެ އަންގާރަ ދުވަހަކު ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. ހަފްތާގެ ނަސީބު ވެރިއަކަށް ފިނިކުރި ކުކުޅުގެ ބާވަތްތަކުން "ފްރޯޒަން ޕެކް" އެއް ލިބިގެންދާނެއެވެ.

 

ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނިކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. ކުކުޅު ފިހާރައިން ހޯލްސޭލް ކުރާތާ މިހާރު ހަ އަހަރުވެއްޖެއެވެ. އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ހިލޭ ކުކުޅު ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ.

އަދި ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.

ކުކުޅު ފިހާރައިން މިހާރު ވެސް ކުރިއަށް ގެންދާ އިތުރު ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.

ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

"ކުކުޅު ފިހާރަ"އިގެ ފަސް ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގަ އެވެ. އަދި 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!