ޚަބަރު ސިޔާސީ

ސަރުކާރަށް ތާއީދުނުކުރާތީ ފަތުރާ ދޮގުވާހަކައަކުން އަޅުގަނޑަކީ ކާކުކަން އޮޅުވައެއް ނުލެވޭނެ: އަމްރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ސަރުކާރަށް ތާއިދުނެތްކަން ސާފުވުމުން ފިތުނަ އުފައްދަންވެގެން ފަތުރާ "ދެއުޅިއެއްނުވާ" ދޮގު ވާހަކަތަކުން ރައްޔިތުންނަށް އޮޅުވައިނުލެވޭނެކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއީދުކުޑަވެ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅެމުންދާކަމާމެދު ކަންބޮޑުވެ ދެން ހަދާނެގޮތެއް ނޭނގުމުން ދޮގު ވާހަކަ ފަތުރަން މަސައްކަތް ކުރަން ފެށުމުން ސަރުކާރަށް ގޮތް ހުސްވެފައިވާ މިންވަރު ހާމަވެގެންދާކަމަށެވެ.

އަދި އެފަދައިން ދޮގު ވާހަކަ ފަތުރާއިރު، އޭނާއާއި ގުޅުވާފައިވެސް ވާހަކަތައް ފަތުރަމުންދާކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑާ ގުޅުވާފަ ވެސް ދޮގު ވާހަކަތައް ފަތުރާ މި ޕާޓީ ތެރޭގައި ފިތުނައުފައްދަން މަސައްކަތް ކުރާތީ ދަންނަވަން. ސަރުކާރުގެ ދޯހަޅި ސިޔާސަތާއި ދަރަންޏާ ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ހުއްޓައެއް ނުލާނަން. ދަ ޑިމޮކްރެޓްސްއަށް ދިވެހި ރައްޔިތުންކުރާ އިތުބާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ސާފު. އަޅުގަނޑުގެ ފުރިހަމަ ތާއީދު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް އެބައޮތް، އަދި މިހާރު ވެސް މިދަނީ ކެމްޕޭން ރޭވުމާ ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި ފުރިހަމަައަށް ބައިވެރިވަމުން" އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައާއި ކުރިއެރުވުމުގައި ދެމިހުރެވުމަކީ ލިބޭ އުފަލެއް ކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ފުރިހަމައަށް ގަބޫލުކުރާ އަސާސްތައް ނެގެހެއްޓުމަށާއި ދިވެހިންނަށް އުއްމީދީ ފުދުންތެރި މުސްތަގުބަލެއް ހޯދައިދޭނެ ޕާޓީއަކީ ޑިމޮކްރެޓްސްކަން ގަބޫލުކުރައްވާ ކަމަށެވެ.

  1. ދަނޑި

    ތީ ކާކުކަން ނޭނގޭމީހަކު މަދުވާނެ އެސްޓީއޯ ނުހިންގުނު އަދި 3 އަހަރުތެރޭ މާލޭން 2 ބިންގަން މީހާ