ދުނިޔެ

އިޒްރޭލުން ޣާޒާ ސުންނާފަތި ކުރާއިރު ބޮޑެތި މީޑިއާތައް ނިދާފަ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖައްސަ ޖައްސައިން އަށް ރޭ އިޒްރޭލުގެ ޔަހޫދީން، ފަލަސްތީނުގެ ޣާޒާ އަށް ބޮމުގެ ހަމަލާތައް ދީފިއެވެ. ނަމަވެސް މިޚަބަރު ބައިނަލްއަގުވާމީ ބޮޑެތި މީޑިއާތަކުން ގެނެސްދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ބީބީސީ ހިމެނެއެވެ.

Ads by Sosun Fihaara

އިޒްރޭލުން ހަމާސްގެ އޮބްޒަވޭޝަން ޕޯސްޓުތަކަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު، އެމީހުން ބުނެފައިވަނީ އެއީ ފަލަސްތީނުން ބޯޑަރު މަތިން ދިން އަލިފާން ބޯޅައިގެ ހަމަލާތަކުގެ ބަދަލެއްގެ ގޮތުގައި ދެމުން ގެންދާ ހަމަލާތަކެއް ކަމުގައެވެ.

އިޒްރޭލުގެ ހަނގުރާމަވެރިން ބުނެފައިވަނީ އެމީހުންގެ ހަނގުރާމަ މަތީ ޖެޓުތަކުން ހަމަލާ ދީފައިވާނީ ހަމާސްގެ "އަންޑަގްރައުންޑް" އިމާރާތްތަކަށް ކަމަށެވެ.

އިޒްރޭލުގެ ލާއިންސާނީ ޢަމަލުތައް ދިފާޢު ކުރަމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ޣާޒާ ގެ ބޯޑަރުން އިޒްރޭލަށް އަލިފާން ބޯޅައިގެ ހަމަލާތަކާއި އެނޫން ވެސް ގޮވާ ތަކެތި އެއްލާފައިވާ" ކަމަށެވެ.

ޣާޒާގެ ސަލާމަތީ ބާރުތަކާއި މަންޒަރު ދުށް ބައެއް މީިހުން ބުނެފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އިޒްރޭލުން ހަމަލާދީފައި ވަނީ ދެކުނުގައި އޮތް ރަފާގެ ހަމާސްގެ ބޯޑަރު ބަލަހައްޓާ ސަރަޙައްދަށާއި އުތުރުގެ ބައިތުﷲ ސަރަޙައްދަށް ކަމަށެވެ.

އިޒްރޭލުން ވަނީ ޣާޒާ އަށް މުދާ އެތެރެ ކުރާ ފަރާތެއް ކަމަށްވާ ކަރީމް އަބޫ ސަލީމް (ކަރީމް ޝަލޫމް) އެސަރަޙައްދަށް ދިޔުން މަނާކޮށް ޣާޒާގެ ބަނދަރު ސަރަޙައްދުން މަސް ބޭނުން ވެސް މަނާކޮށްފައެވެ.

އިޒްރޭލުން ގެންދަނީ އެމީހުންގެ ބާރުގެ ދަށަށް ފަލަސްތީނު ގެންގޮސް ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަކަށް ފަލަސްތީނުގެ ރައްޔިތުން ހަދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!