ޚަބަރު

ފާރިޝްގެ ތާއީދު ފޯމުގައި ރައީސް މައުމޫން އަދި ނަސްރީނާ ސޮއި ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ, އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫންގެ ތާއީދު ފޯމުގައި, އެމަނިކުފާނުގެ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްޤައްޔޫމާއި, މަންމާފުޅު ނަސްރީނާ އިބްރާހީމް ސޮއި ކުރައްވައިފިއެވެ.

Ads by Sosun Fihaara

އަންނަ މަހު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ފާރިޝް ވާދަ ކުރަން ނިންމީ އެމްއާރުއެމްއިންނެވެ. ނަމަވެސް އެމްއާރުއެމް އުވާލުމުގެ މައްސަލަ މިވަގުތު ކޯޓުގައި އޮތުމުން, އަމިއްލަ ގޮތުން އިންތިޚާބުގައި ބައިވެރިވުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ކުރައްވާފައެވެ.

މިހާތަނަށް އެކަމަށް ބޭނުންވާ 1,500 ސޮއި ވަނީ ފާރިޝް ހޯއްދަވާފައެވެ. އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ފަރާތްކުން 1,500 މީހުންގެ ތާއީދު ފޯމާއި, އެއް ލައްކަ ރުފިޔާގެ އެޑްމިނިސްޓްރޭޓަރ ފީއެއް ދައްކަން ޖެހެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ, އެމްޑީޕީ, ޖޭޕީ, އެމްއެންޕީ, ޕީޕީއެމް އަދި ޑިމޮކްރެޓްސްއެވެ/

  1. މުންޖިޗޭ

    ފާރިސްގެ ތާއީދު ފޯމުގައިި އޭނާގެ މަންމައާއި ބައްޕަ ސޮއިކުރުމަކީ ޚަބަރެއްތަ! އެދެމީހުން ސޮއި ނުކުރިނަމަ ލިޔަން ރަނގަޅު.