ވިޔަފާރި

އެސްޓީއޯއިން އަލްނޫރު ކިރު ގަނެގެން ޚާއްސަ އިނާމުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަލްނޫރުު ހިކި ކިރުގެ ހާއްސަ ޕްރޮމޯޝަނެއް، އެ ބްރޭންޑުގެ ކިރު ރާއްޖެއެއް އެތެރެކޮށް މާކެޓް ކުރާ ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފަށައިފިއެވެ.

Ads by MWSC

މި ޕްރޮމޯޝަންގައި އަލްނޫރު ކިރު ރީޓެއިލް ކަސްޓަމަރުންނާއި ހޯލްސޭލް ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން އަންނަނީ ވިއްކަމުންނެވެ. އަދި ޕްރޮމޯޝަން އޯގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން، މިއަހަރުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން:

  • ރީޓްއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކި ކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯޖެހި ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ލިބޭނެ
  • ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕަރޝެފް މެޔޮނައިސް ކޭހެއް ލިބޭނެ.
  • ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮރންސްޓިކް ޗީޒް ކޭހެއް ލިބޭނެ.

އަދި މީގެ އިތުރުން ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މުޅި ޕްރޮމޯޝަންނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިންފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބޭނެއެވެ. މި ޕްރޮމޯޝަން އެސްޓިއޯގެ އަތޮޅުތެރޭ ފިހާރަތަކުގައިވެސް ކުރިއަށް ދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އަލް ނޫރު ހިކި ކިރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އެންމެ އަގުހެޔޮ ހިކި ކިރުގެ ތެރޭގައި ހިމެނޭ ބްރޭންޑްވެ. އެސްޓީއޯގެ ބޭނުމަކީ މިފަދަ ބްރޭންޑްތައް ވީހާވެސް އަގުހެޔޮކޮށް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަލްނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި، "އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެކެވެ. މި ކުންފުންޏަކީ މެދު އިރުމަތީގައި ހިކި ކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!