ޚަބަރު ސިޔާސީ

މިހުރީ ރައީީީސް ޔާމީނާއެކު، ޕްރައިމަރީ ކާމިޔާބުވާނެ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރައްވަނީ، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން މިނިވަން ކުރުމަށްޓަކައި ކަމަށާއި، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ވާނެ ކަމަށް، ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައި، ޕާޓީއަށް ސޮއި ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުޢިއްޒު މިއަދު ޕީއެންސީއަށް ސޮއި ކުރެއްވިއިރު، އޭނާގެ އިތުރުން، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުޤުވެރިކަންފާޅު ކުރެއްވީ، އެ ޕާޓީގެ ނައިބު ރައީސް، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު، އާދަމް ޝަރީފު އުމަރެވެ.

އޮންލައިން ނޫސް "އަދަދު"އަށް މުއިއްޒު މިއަދު ވިދާޅުވީ، ފެށުނީއްސުރެވެސް، އޭނާ ހުންނެވީ ރައީސް ޔާމީންގެ ވިސްނުންފުޅާއި، އެމަނިކުފާނުގެ ތަރައްޤީގެ ފިކުރުގައި ކަމަށާއި، ޕާޓީގެ އެންމެހައި މެމްބަރުން އެކަން ދަންނާނެ ކަމަށެވެ.

ކެބިނެޓް މިނިސްޓަރަކަށް ހުރިއިރުވެސް، އަދި މިހާރުވެސް މާލެ ސިޓީ ކައުންސިލުގައި ވެސް މަސައްކަތް ކުރައްވަމުން ދަނީ، ރައީސް ޔާމީންގެ ތަރައްޤީގެ ލެގަސީ ދެމެހެއްޓުމަށް ކަމަށް މާލޭގެ މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އޭނާ ދައްކަވާ ވާހަކަ އަކީ އިޙްލާސްތެރި ކަމާއިއެކު، ހިތުގެ އަޑިން ދައްކަވާ ވާހަކަކަން އެންމެންވެސް ޤަބޫލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އޭނާ ވެސް އެދިވަޑައިގަންނަވަނީ، ޕީއެންސީގެ ޕްރައިމަރީ ވެސް ބާއްވަން ނުޖެހި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަ ކުރެވޭނެ ގޮތް ވުން ކަމަށެވެ.

  1. އައި

    ތިޔައީ ކަންތައްތައް ވަރަށް ޔަގީން ބަޔެކެވެ. ޔާމީން މިނިވަންވާނެ ކަމަށްވެސް 100 ޕަރސަންޓް އާދަނުވެސް މުއިއްޒުވެސް ދިނެވެ. މިމީހުނަށް ހިސާބު ހަދާދެނީ އަދުރޭ އެވެ.

  2. ެޫލުޖެއިން އެމްވީ

    ރައީސް ޔާމީނު ފަދަ ތަރައްގީ ގެނައި ވެރިއެއް ނުލިބޭނެ! މުއިއްޒުއަކީ ރައީސް ޔާމީންގެ އިރުޝާދަށް ތަބާވާ އަދި ރައީސް ޔާމީނު އަންގަވާ ގޮތުގެ މަތީން ރައީސް ޔާމީނުގެ ތަރައްގީގެ ފޯމިއުލާތަކުގެ އަލީގައި “އެންމެ ފުރަތަމަ އިސްލާމްދީނާ ދިވެހި ޤައުމު” މިޝިއާރާއެކު މަސައްކަތްކުރާނެ ނުގުޑާފަދަ އަޒުމެއްގެ ވެރިއެއް. އެމްޑީޕީ ހުންއައިސް ރަޖާލަނީ ރައީސް ޔާމީނު މިނިވަންވެ މިފަސްގަޑުގަ ތިބި އިންޑިއާ މީހުން ފޮނުވާލައި ކޮރަޕްޝަން ނައްތާލާނެތީ!

  3. ހަސަން ސަމީރް

    ނާޒިމް ނޫން ޗޮއިސްއެއް މިފަހަރު ނެތް! ނާޒިމް 2023