ޚަބަރު ސިޔާސީ

ރައީސް ޔާމީން ދެއްކީ ހުރިހާ ހާލަތަކަށް ވެސް އެ ކޯލިޝަން ތައްޔާރަށް އޮތް ކަމުގެ ހެކި: ޝުޖާއު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކީ ހުރިހާ ހާލަތަކަށް ވެސް ޕީޕީއެމް/ ޕީއެންސީ ތައްޔާރަށް އޮތް ކަމުގެ ހެކި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޝުޖާއު މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއި ގުޅިގެންނެވެ.

ޕީއެންސީން އިންތިހާބުގައި ވާދަކުރަން ނިންމީ، ކޯލިޝަންގައި އޮތް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެމަނިކުފާނުގެ ލަފާފުޅުގެ މަތިންނެވެ.

މިކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނަށް ތާއީދު ކުރައްވާ އެއްވެސް ރައްޔިތެއް މާޔޫސް ނުކުރައްވާނެ ކަން ތަކުރާރުކޮށް ވިދާޅުވަމުންގެންދެވި ކަމަށެވެ.

“މިއަދު އެމަނިކުފާނު އަޅުގަނޑުމެން މިދެއްކީ ހުރިހާ ހާލަތަކަށް މިކޯލިޝަން މިއޮތީ ތައްޔާރަށް ކަމުގެ ހެކި. ރައްޔިތުން ވޯޓުއަޅަން ތައްޔާރުވޭ. އިންޝާالله ރައީސް ޔާމީންގެ ނަންފުޅު ވޯޓް ކަރުދާހުގައި އޮންނާނެ” ޝުޖާއު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ ޖުމުލަ ވޯޓުލީ 48 މެންބަރުންގެ ތެރެއިން 25 މީހުންގެ ވޯޓުންނެވެ. އޭނާއާ ދެން ވާދަ ކުރެއްވި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއަށް ލިބިވަޑަިއގެންފައިވަނީ 23 ވޯޓެވެ.

Ads by Allied Insurance
  1. އެކޮއި

    ޕީޕީއެމްއާ ޕީއެންސީން ކޮންމެ ކެޑިޑޭޓެއް ނެރުނު ކަމައް
    ވިއަސް އޅުގަޑުމެން މިތިބީ ވޯޓްދޭން ހަމަތައްޔާރައް

  2. އަލީ

    ބުޅަލެއްދެއްކިޔަސް ޔަމީން ބުނާ މީހަކަށް ވޯޓް ދީ ވޯޓް ހޯދަދިނުމަށް މިތިބީ ތައްޔާރަށް
    ސިޔާސީ ހުކުން ކުރާތީ ރުޅިގަދަވޭ އެބަ!!!!!!!
    ވަގުތު އޮއްވާ ކީއްވެ މައްސަލަ ނުނިންމީ ކޯޓް ތައްފެއިލް ވެފައި ވާމިންވަރު ހާމަވޭ އެބަ؟