ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް އަސްލަމް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު އަސްލަމް ކަނޑައަޅުއްވައިފިއެވެ.
އޭނާއަކީ މިވަގުތު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސެވެ. އޭނާއަކީ އެމްޑީޕީ އުފެދިގެން ދިއުމާއެކު އެ ޕާޓީއާ ގުޅުނު ފަރާތްތަކުގެ ތެރެއިން ފަރާތެކެވެ. އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް އަސްލަމް ގުޅި ވަޑައިގެންފައެއް ނުވެއެވެ.
އުމުރުން 35 އަހަރުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވަން ފެއްޓެވި އަސްލަމް ވަނީ 2005 ގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ތިން އިންތިޚާބު ވެސް ކާމިޔާބު ކުރައްވާފައެވެ.
އައްޑުއަށް ނިސްބަތްވާ އަސްލަމް ރައިސް ސޯލިހްގެ ރަނިންމޭޓްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އަދި އެމްޑީޕީން އެކަން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.