ޚަބަރު ސިޔާސީ

ޕީއެންސީއަކީ ވަކި ޕާޓީއެއް، އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްއަށް އެ ހައްގު ގެއްލެންވީ ސަބަބެއް ނޫން: ޕީޕީއެމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީއެންސީ އަކީ ވަކި ޕާޓީއެއް ކަމަށާއި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން އެ ޕާޓީން ބޭނުންވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

Ads by MWSC

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލް ހުސްނީ މުބާރަކު ވަނީ ރައީސް ޔާމީނާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އަލުން ކެންޑިޑެސީ ހުށަހަޅަން ފުރުސަތު ދިނުމުގެ އިތުރުން ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި ކެންޑިޑޭޓަކު ނެރެން ޕީޕީއެމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ.

މިފަދައިން ހުސްނީ ވިދާޅުވުމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިހާރު ޕީއެންސީން ކެންޑިޑޭޓެއް ކަނޑައަޅާފައިވޭ ނޫންތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި ހުސްނީ ވިދާޅުވީ ޕީއެންސީއަކީ ވަކި ޕާޓީއެއް ކަމަށާއި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްއަށް އެ ހައްގު ގެއްލޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕިޕީއެމުން ވަކި ކެންޑިޑޭޓެއް ނެރެން ބޭނުންވާ ކަމަށާއި އެ ފުރުސަތު ދެއްވުމަށް ހުސްނީ ވަނީ އެދިފައެވެ.

ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އިންތިހާބުގައި އިދިކޮޅު ތަމްސީލުކުރާނެ ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން އިއްޔެ ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓް އަރުވާފައެވެ.

Ads by HDC
  1. ވިސްނާށޭ

    ކިހާބޮޑު އުދަގުލެއްމީ! މިހުރިހާ ދުވަހު ބޮޑުކުށްވެރިއަކު ނެރެން ހިފާ ގޮތްދޫނުކޮށް އުޅެފައި ފަހުވަގުތު ވާނުވާ އެގެނ ފެށީމަ މިމީހުންނަށް މިޖެހެނީ ވަގުތުދޭން. ޑިމޮކްރޮޓިކު ޕާޓީ ހިންގަން ނޭގެންޏާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާ ގުޅެންވީނު!

  2. ދިވެހި ޒުވާނުން

    ޕީއެންސީ އިން ނެރެފަ އެހުރި ޕީޕީއެމްގެ މީހެއް