ރިޔާސީ އިންތިހާބު ބޮއިކޮޓް ނުކުރަން ނިންމި ނިންމުން ރައީސް ޔާމީން ގަބޫލެއް ނުކުރި

ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޮތަށް ރައީސް ޔާމީން އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކުރެއްވި ފޯނު ކޯލެއްގައެވެ.
ރައީސް ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ.
އެ ނޯޓުގައި ރައީސް ޔާމީން އެދިވަޑައިގެންނެވީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.
ބައިވެރިވާންވީ.ބޯއިކޮޓް ކޮށްގެން ނުވާނެ.ޔާމީން ސަލާމަތް ވުމުގެ ފުރުސަތު އޮތީވެސް ވާދަ ކޮށްގެން.
ބޯއިކޮޓްކުރޭ. ޔާމީން ނޫން މީހަކަށް ވެރިކަން ލިބިދާނެ؟؟؟
ޔާމީން ސަލާމަތްކުރެވޭނީ ވެސް އިންތިޚާބުގަ ވާދަކޮށްގެން މުއިއްޒު އަކީ މިވަޤުތު ހުރި އެެނެމެ ރަގަޅު ބޭފުޅާ ޕީޕީ އެމް ޕީއެންސީ މުިއިއްޒައް ވޯޓު އަޅާ ފުރާލާ އިންޝާﷲ ހުރިހާކަމެއްވެސް ރަގަޅުވާނެ