ޕީއެންސީ ކެންޑިޑޭޓް މުއިއްޒު ފޯމް ހުށަހަޅައިފި

ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުންނެވި ޑރ. މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ވަޑައިގެންފިއެވެ.
މުއިއްޒުގެ ކެންޑިޑެސީ ފޯމު އީސީއަށް ހުށަހަޅާފައިމިވަނީ، ސުޕްރީމް ކޯޓުން އިއްޔެ ޕީޕީއެމްގެ ލީޑަރު، ރައީސް ޔާމީންއާއި ދެކޮޅަށް ކެންޑިޑެސީގެ މައްސަލަ ނިންމުމާއި ގުޅިގެން އެމަނިކުފާނަށް މިއަހަރުގެ އިންތިޚާބުގައި ވާދަކުރެވެން ނެތުމުންނެވެ.
މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ކަމަށް ބަލައި އިދިކޮޅުން ވާދަ ކުރައްވާނީ އޭނާ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ޕީޕީއެމުން ކުރިން ބުނެފައި ވަނީ، ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަކީ "ޕްލޭން ސީ" ކަމަށެވެ.
މުއިއްޒު ފޯމް ހުށަހެޅުއްވިއިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް މުހައްމަދު ތޮލާލު ގެ އިތުރުން މުއިއްޒުގެ އިންތިޚާބީ އެޖެންޓް އިބްރާހީމް ނާއިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.